ads
ރައްޔިތުން މަޖލީހުގެ މެމްބަރު ރޮޒެއިނާ އާދަމް
"މީ ނަޝީދެއް ނޫން"، ބަލި ގަބޫލުކުރަން ނޭނގޭކަށް: ރޮޒޭ
ބަލި ގަބޫލުކުރަން ނޭގިގެން އުޅެން "މީ ރައީސް ނަޝީދު" ނޫންކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުރައްސާރަކުރާ މީހުންނަށް ރޮޒެއިނާ އާދަމް ރައްދުދެއްވައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމެރީގައި ނާކާމިޔާބުވުމުން ސޯޝަލް މީޑިއާގައި ރޮޒެއިނާއަށް ދިމާކޮށް ބައެއް ފަރާތްތަކުން އަންނަނީ ފުރައްސާރަކޮށް ޖޯކު ޖަހަމުންނެވެ.  

މި ފުރައްސާރަތަކަށް ރައްދުދެއްވަމުން ރޮޒައިނާ ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހަށް ދެން އެނާ ވާދަކުރައްވާނެ ގޮތެއް ނޯންނާނެކަން ވަރަށް ސާފުކޮށް ދަންނަވާކަމަށެވެ. އަދި  ބަލި ގަބޫލުކުރަން އެނގޭކަން ހާމަކުރަމުން ރޮޒައިނާ ވިދާޅުވީ އޭނާ ވާދަކުރެއްވި ދާއިރާގެ ޓިކެޓް ދެން ލިބުނަސް އެތަނަށް ވެސް ވާދަނުކުރާނެކަމަށެވެ. 

"އަޅުގަނޑު މީ ރައީސް ނަޝީދެއް ނޫން. ބަލިވީމާ ބަލި ގަބޫލުކުރަން ނޭނގިގެން އުޅޭކަށް. މި އިނީ ހާދަ ބޮލަށް ލުއިވެފައި" ރޮޒައިނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.

ރޮޒެއިނާ ވަނީ އެކި ވާހަކަތައް އުފައްދައިގެން ސޯޝަލް މީޑިއާގައި އޭނާއާ ދިމާކުރުން ހުއްޓާލުމަށްވެސް ގޮވާލާފައެވެ. ރޮޒައިނާ މި ވާހަކަތައް ދައްކާވާފައި މިވަނީ އެމްޑީޕީން ކަށިދޫ ދާއިރާއަށް ޓިކެޓް ލިބުނު އަބްދުﷲ ޖާބިރު އެޕާޓީން ވަކިކުރީ ރޮޒައިނާއަށް އެ ދާއިރާގެ ޓިކެޓް ދޭންކަމަށް ބުނާ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. 

އެމްޑީޕީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމެރީގައި ރޮޒެއިނާ ވާދަކުރެއްވީ އައްޑޫ ސިޓީ ފޭދޫ އުތުރު ދާއިރާއަށެވެ. އެ ދާއިރާއަށް 3 ކެންޑިޑޭޓުން ވާދަކުރިއިރު ރޮޒެއިނާ އަށް 221 ވޯޓާއި އެކު ލިބުނީ ދެވަނަ އެވެ. ދާއިރާގެ ޓިކެޓް ކާމިޔާބު ކުރި އަހްމަދު ޝަރީފަށް ލިބުނީ 257 ވޯޓްއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް