ads
ނައިބު ރައީސް ޔުގެންޑާ ބިޒްނަސް ކްލާހުގައި ދަތުރަށް 9 ލައްކައަށްވުރެ ރުފިޔާ
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޔުގެންޑާއަށް ކުރެއްވި ދަތުރަށް ދައުލަތުން 9 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މި ދަތުރުގައި ނައިބް ރައީސް ދަތުރުކުރައްވާފައިވަނީ ބިޒްނަސް ކްލާހުންކަން އެގެއެވެ. އަދި އެމަނިކުފާނާއި އެކު އިތުރު 2 މީހަކުވެސް ދަތުރުކުރީ ބިޒްނަސް ކްލާހުގައެވެ. ދަތުރުގައި ދެން ބައިވެރިވި 7 މީހުން ދަތުރުކޮށްފައި ވަނީ އިކޮނޮމީ ޓިކެޓްގައެވެ. 

ރައީސް އޮފީހުން މިއަދު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މި ދަތުރަށް ދައުލަތުގެ ބަޖެޓުން ވަނީ 983،032.13 (9 ލައްކަ 83 ހާސް 32 ރުފިޔާ 13 ލާރި ) ހަރަދުކޮށްފައެވެ.  މި ދަތުރުގައި ނައިބް ރައީސާއި އެކު 9 މީހަކު ވަނީ ބައިވެރިވެފައެވެ.

ޓިކެޓަށް ހޭދަކުރި ވަރު 

  • ބިޒްނަސް ކްލާސް 3 ޓިކެޓް -/346،657.02
  • އިކޮނޮމީ ޓިކެޓް 7 މީހުންނަށް -/304،190.34

ޓިކެޓްގެ އަގަށް މުޅި ޖުމްލަ -/ 650،874.36 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދަތުރުގެ ބައިވެރިންނަށް ޕޮކެޓް މަނީގެ ގޮތުގައި 95 ހާސް 232 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ޔުގެންޑާ ސަރުކާރުން 2 މީހެއްގެ އެކޮމެޑޭޝަން ހަމަޖައްސާދިނުމުން ބާކީ ތިބި އެންމެންގެ އެކޮމޭޑަޝަނަށް 1 ލައްކަ 69 ހާސް 280 ރުފިޔާ 77 ލާރި ވަނީ ދައުލަތުން ހަރަދުކޮށްފައެވެ. 

ބާކީ ބައެއް ހަރަދުތައް 

  • ކެއުމަށް -/ 48،736.74
  • އިންސިޑެންޝަލް -/ 441.27

މިދިޔަ މަހުގެ 17 އިން 23ގެ ނިޔަލަށް ޔޫގެންޑާއަށް ނައިބު ރައީސް ދަތުރުކުރެއްވީ ނަން އެލައިޑް މޫމަންޓު (ނާމް)ގެ 19 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް