މި ބެޗާ އެކުގައި ތަމްރީނަށް އިންޑިއާ އަށް ދިޔަ ސިވިލް ސާވަންޓުންގެ އަދަދު 1005 އަށް އަރާފައިވާކަމަށާއި ތަމްރީނާއި ގާބިލްކަން އިތުރު ކުރުމުގެ ރޮނގުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަކީ މުހިންމު ކަމެކަމަށް އިންޑިއާގެ ހައި ކޮމިިޝަނުން ނެރުން ނޫސް ބަޔާނެއްގައިވެ އެވެ.
މީގެތެރޭގައި ވާޗުއަލްކޮށް އަދި އިންޑިއާ އަށް ގޮސް ތަމްރީން ފުރިހަމަ ކުރި ދިވެހިން ހިމެނޭ ކަމަށާއި 2019 ވަނަ އަހަރުން ފެށިގެން 5،000 އަށް ވުރެ ގިނަ ދިވެހިންނަށް ކެޕޭސިޓީ ބިލްޑިން ޓްރެއިނިން ޕްރޮގްރާމްތަކުން ފައިދާކޮށްފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ.
މި ބެޗުގައި ހިމެނެނީ މާލޭގެ ވުޒާރާތަކާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނެވެ.
އެމް.އޯ.ޔޫގެ ދަށުން ހިންގާ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށެވެ.
އެގޮތުން ސިވިލް ސާވިސް ކޮމިޝަން އާއި އެންސީޖީޖީ ގުޅިގެން ހިންގާ ޕްރޮގްރާމްތައް އެކި ފަހަރު މަތިން ވަނީ މުރާޖާކުރެވިފައިވާކަމަށާއި އެގޮތުން 1000 ސިވިލް ސާވިސް މުވައްޒަފުން ޖޫން 2024 އަށް ތަމްރީނުކުރުމުގެ އަމާޒު ކަނޑައެޅިފައިވާއިރު މި މުއްދަތުގެ ކުރިން އަމާޒަށް ވާސިލްވެވޭނެ ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.
އިންޑިއާގެ މުސޯރީގެ އެންސީޖީޖީގައި 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ދަތުރުގައި
މި ތަމްރީނުތަކުގެ ތެރެއިން ސްމާޓް ސިޓީ ޕްރޮޖެކްޓް ޑެހެރަދޫން އަދި ޑެހެރަދޫންގެ ސްމާޓް ސްކޫލްތަކަށް އެކްސްޕޯޒާ އަށް ދިއުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.