ads
މިދިޔަ އަހަރު އަލަށް 13 ހާހަށް ވުރެ ގިނަ ޕާސްޕޯޓް
މިދިޔަ އަހަރު މުޅިން އަލަށް 13 ހާހަށްވުރެ ގިނަ ޕާސްޕޯޓް ހައްދާފައިވާކަމަށް އިމިގްރޭޝަންގެ ހިސާބުތަކުން ދައްކައިފިއެވެ.

އެ އިދާރާއިން ބުނީ މިދިޔަ އަހަރު 66،528 ޕާސްޕޯޓް ހައްދާފައިވާކަމަށެވެ. އޭގެތެރެއިން 13،798 ޕާސް ޕޯޓަކީ މުޅިން އަލަށް ހައްދާފައިވާ ޕާސްޕޯޓެވެ.

ގެއްލިގެން 977 ޕާސްޕޯޓް ހައްދާފައިވާއިރު ހަލާކުވެގެން 63 ޕާސްޕޯޓް ވަނީ ހައްދާފައެވެ. 

މިދިޔަ އަހަރާ އަޅާބަލާއިރު ތިން ދަރަޖައިގެ ކުރިއެރުމަކާ އެކު، އަދިވެސް ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖެއިން މި އަހަރު ވެސް ދިފާއުކޮށްފި އެވެ.

ޕާސްޕޯޓް ބޭނުންކޮށްގެން ވިސާ ނެތި ފަސޭހަކަމާއެކު އެތެރެވެވޭ ގައުމުތަކުގެ ނިސްބަތަށް ބަލައިގެން، ހެންލީ އެންޑް ޕާޓްނަރސްއިން ނެރޭ ހެންލީ ޕާސްޕޯޓް ރޭންކިންގައި ރާއްޖެ މިފަހަރު ވެސް ރޭންކް ކުރެވިފައިވަނީ މި ސަރަހައްދުން އެއްވަނައިގަ އެވެ. އެއީ މުޅި ދުނިޔެއިން 58 ވަނައިގަ އެވެ.

ދިވެހި ޕާސްޕޯޓާއިއެކު މިހާރު 94 ގައުމަކަށް ކުރިން ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް