ads
ފްލެޓް ލިބުނު މީހުންނަށް ފްލެޓް ދޫކުރުން އަވަސްކުރަން މަޖިލީހަށް މައްސަލައެއް
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް "ގެދޮރުވެރިޔާ" ދަށުން ފްލެޓު ލިބުނު މީހުންނަށް ފްލެޓުތައް ދޫކުރުން އަވަސްކުރުމަށް ގޮވާލާ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.
Advertisement

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. 

މައްސަލަ ހުށައަޅުއްވަމުން އީވާ ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ އަދިވެސް ހައްލު ނުވެ އޮތް ބޮޑު މައްސަލައެއްކަމަށެވެ. ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން ގެދޮރުވެރިޔާ ސްކީމުން 4000 ފްލެޓު ރައްޔިތުންނައް ދޫކުރެން ވެގެން ދިޔައީ އެތަށް އާއިލާ އަކަށް އުފާވެރި ހަބަރަކަމުގައެވެ. އެހެންނަމަވެސް އެ ފްލެޓު ދޫކުރުން ލަސްވެފައި ވުމުން ފްލެޓުތަކުގެ ހައްގުވެރިންނައް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އީވާ ފާހަގަ ކުރެއްވިއެވެ. 

ލިބޭ އާމްދަނީގެ ބޮޑު ބައެއް ދިރިއުޅޭތަނުގެ ކުލީގެ ގޮތުގައި ހަރަދުކުރަން ޖެހޭ އެތައް ބަޔަކު އެބައުޅޭކަމަށާއި އާއިލާގެ ގިނަ މެމްބަރުން ތަކަކާއި އެކު ކުދި ކުދި ތަންކޮޅުތަކުގައި ދިރިއުޅެން ޖެހޭ އާއިލާތައްވެސް އެހާ ގިނަ ކަމަށް އީވާ ފާހަގަ ކުރެއްވިއެވެ. 

ފްލެޓުތަކުގެ ޝަރުތަށް ހަމަވާ ފަރާތަކަށް އިތުރު ލަސްނުކޮށް ފްލެޓްތައް ހަވާލުކުރުމަށް އިވާ ވަނީ ގޮވާލައްވާފައެވެ.  

އީވާ ހުށައެޅި މައްސަލައިގެ ބަހުސް މަޖިލީހުގައި ކުރިޔަށްދާއިރު ސަރުކާރަށް ނިސްބަތްވާ އެއްވެސް މެމްބަރަކު މަޖިލީހުގައި ނެތުމުން ފްލެޓް ދިނުމުގައި ސަރުކާރުން ގެންގުޅޭ ނިޔަތާއި މެދު މެމްބަރުން ވަނީ ސުވާލު އުފައްދާފައެވެ. 

މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ވަކި ބަޔަކު ބޭނުންވާ ގޮތަށް ފްލެޓްތައް ބަހާލަން މަސައްކަތް ކުރާކަމަށް ބުނެ އިދިކޮޅު މެމްބަރުން ވަނީ ސަރުކާރުން ބޮދެތި ތުހުމަތުތަކެއް ކޮށްފައެވެ. 

އަނބިކަނބަލުން ސާޖިދާ ބޭނުންވާ ލިސްޓަކަށް ފްލެޓްތައް ބަހާލަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައީސް މުއިއްޒު ވަނީ ދޮގުކުރައްވާފައެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ޕްލެޓް ލިބުނުކަމަށް ކުރީގެ ހައުސިން މިނިސްޓްރީން ނިންމި މީހުންގެ ތެރެއިން 60 ޕަސެންޓަކީ ޝަރުތު ހަމަނުވާ މީހުންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ ބުނެފައެވެ. 

އޭސީސީން ބުނެފައިވަނީ، 4،000 ފުލެޓަށް ކުރިމަތިލީ މީހުންނަށް ޕޮއިންޓު ދިނުމުގައި އެއް ހަމައަކުން އަމަލުކޮށްފައިނުވާ ކަމަށެވެ. އަދި، ބައެއް އެޕްލިކެންޓުންނަށް އިތުރަށް ޕޮއިންޓު ދީފައިވާ ކަމަށާއި ބައެއް މީހުން ދީފައިވާ މައުލޫމާތު ވެސް ފުށުއަރައި ކަމަށް އޭސީސީން ވަނީ ބުނެފައެވެ. 

އޭސީސީން ބުނީ ފްލެޓް ދިން މީހުން އިއުލާންކޮށް ނެރުނު ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ އެއްވެސް މައްސަލައެއް ފާހަގަނުކުރެވިވާ ފޯމުގެ ނިސްބަތަކީ %207 ޕަސެންޓްކަމަށެވެ. އަދި ޝަރުތު ފުރިހަމަވި ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ %19.7 ކަމަށް އޭސީސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް