ads
ފެނަކައިގެ އެމްޑީ މުއާޒު
ފެނަކައަށް 250 ކޮމްޕިއުޓަރ ވިއްކާނެ ބަޔަކު ހޯދަނީ
ފެނަކަ ކޯޕަރޭޝަނަށް 250 ކޮމްޕިއުޓރަ ސިސްޓަމް ވިކާނެ ބަޔަކު އެކުންފުނިން ހޯދަން ފަށައިފިއެވެ.

ފެނަކައިން ބުނީ އެކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް 250 މީޓިއަމް އެންޑްގެ ކޮމްފިއުޓަރ ސިސްޓަމް ބޭނުންވާކަމަށެވެ. 

ކޮމްޕިއުޓަރ ވިއްކަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 15 ވަނަދުވަހު ބިޑް ހުށައެޅުމުގެ ފުރުސަތު އެކުންފުނިން ވަނީ ހުޅުވާލާފައެވެ.

ދަރަނި 4 ބިލިއަނަށް އަރާ މާލީ ހާލަތު ދަށްކަމަށް ސަރކާރުން ބުނެފައިވާ ފެނަކައިން ވަނީ އިމާރާތްތަކެއް ކުއްޔަށް ހިފަން ބޭނުންވާކަމަށްވެސް މިދިޔަ މަހު ބުނެފައެވެ. އަލަށް އިމާރާތްތަކެއް ކުއްޔަށް ހިފަން އެކުންފުނިން އިއުލާންކޮށްފައިވަނީ އެކުންފުނިން ހަދަމުން ދިޔަ ބައެއް އިންޖީނުގޭގެ މަސައްކަތުގެ އަގުތައް މާކެޓް އަގަށްވުރެ މައްޗަށް ގޮސްފައިވާކަމަށް ބުނެ އެ މަސައްކަތްތައް ހުއްޓިފައިވާކަމަށް އެމްޑީ މުއާޒު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެފައިވަނިކޮށެވެ.

ކުންފުނީގައި މުވައްޒަފުން ގިނަކަމަށް ބުނެ ގިނަ އަދަދެއްގެ މުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކޮށް ދޫކޮށްލުމަށްފަހު "ސްޓޭޝަން މެނޭޖަރ"ގެ ނަމުގައި ގިނަ އަދަދެއްގެ މުވައްޒަފުން އެ ކުންފުންޏަށް އަންނަނީ ހޯދަމުންނެވެ. މީގެއިތުރުން ޓެކްނީޝަނުންނާއި ޑެޕިއުޓީ މެނޭޖަރުންނާއި އެސިސްޓެންޓް މެނޭޖަރުންނާއި ސްޕަވައިޒަރުންނާއި، އޮފިސަރުންގެ ނަމުގައިވެސް މީހުން އަންނަނީ ކުންފުންޏަށް ނަގަމުންނެވެ. 

ދަރަނި 4 ބިލިއަނަށްް އަރާ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ދެ ބޭފުޅަކު ތިއްބަވައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް