އެފްއޭއެމްގެ ކޮންގްރެސް ކުރިން ބާއްވަން ނިންމާފައި އޮތީ އޮންލައިންކޮށެވެ. އެހެންނަމަވެސް މިހާރު އެ ނިންމުން ބަދަލުކޮށް، ފިޒިކަލް ބައްދަލުވުމެއްގެ ގޮތުގައި ބާއްވަންވަނީ ނިންމާފައެވެ. އެހެންނަމަވެސް އެފްއޭމުން ބުނީ، އެންމެ ފުރަތަމަ އައިޓަމަކަށް އޮންނަ ރައީސްގެ ވާޙަކަ ދެއްކުން ފިޔަވައި އެހެން ބައިތައް އޮންނާނީ ނޫސްވެރިންނަށްވެސް ހުޅުވައި ނުލައި ކަމަށެވެ.
އެފްއޭއެމުން ބާއްވާ މި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ)ގެ އެންގުމުގެ މަތިން ބާއްވާ ކޮންގްރެސް އެކެވެ.
ﷲާޟމި ކޮންގްރެސްގައި އޮންނާނީ އެފްއޭއެމުގެ އަސާސީ ގަވާއިދުގެ ދަށުން، ކޮންމެހެން ހަދަން ޖެހޭ ބައެއް ކޮމިޓީތައް އެކުލަވާލާފައި ނުވާތީވެ، އެ ކޮމެޓީތައް އެކުލަވާލުމެވެ.