
ސްޓެލްކޯއިން މިއަދު ކުރިން ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން އެ މައްސަލަ ހައްލުކޮށް އެ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން ދާ ކަމަށެވެ.
އެކަމުގެ އަދާހަމަ ހާމަކޮށް ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ފީޑަރެއް އޮފްވުމާއި ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދީފައި ވާ ކަމަށެވެ.
އަދި މިވަގުތު އެނަޖައިޒް ނުކުރެވި ވަނީ ރައީސް އޮފީހުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު އެކަނި ކަމަށާއި، އެ ޓްރާންސްފޯމަރުގެ ސްވިޗްގިއާއަށް މައްސަލައެއް ދިމާވެފައިވާތީ، އެ ސްވިޗްގިއާ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެ އެވެ.
ކަރަންޓުގެ ހިދުމަތް ނުލިބިވާ އެއްވެސް ކަސްޓަމަރެއް ވާނަމަ، ސްޓެލްކޯގެ އިމަޖެންސީ ނަމްބަރު 104 އަށް ގުޅުމުށް އެ ކުމްފުނިން ވަނީ އެދިފަ އެވެ.
މީގެއިތުރުން ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހެންވޭރު ލޮނުޒިޔާރަތް މަގު، ޖަނަވަރީ ހިނގުން، ބުރުޒު މަގު އަދި ކަލާފާނު ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެން ވާ ކަމަށް ވެސް ސްޓެލްކޯއިން މިއަދު ބުނެފައިވެ އެވެ.