ads
މި އަހަރުތެރޭ ގާދިއްފުށީ ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ: ރައީސް
ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް ކަމަށްވާ ގާދިއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ގާދިއްފުއްޓަށް އެންމެ މުހިއްމު ކަމަކީ ބިމުގެ ދަތިކަމަށް ހައްލެއް ލިބިގެންދިއުން ކަމަށެވެ.

އެހެންކަމުންް ރައީސްގެ ވައުދުފުޅާ އެއްގޮޮތަށް، ގުރައިދޫގައި އަޅާ އެއާޕޯޓްގެ މަޝްރޫއާ އެކުގައި ގާދިއްފުށީ ބިން ހިއްކުމުގެ މަސައްކަތް ވެސް މި އަހަރު ތެރޭގައި ކުރިއަށްދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ދެން އެއާޕޯޓް އަޅާނެ ވާހަކަ ގުރައިދޫގަ ދެންނެވިން، ދެން އެ ޔަގީންކަމާއެކީގަ ހަމަ އެ ޔަގީންކަން މިރަށަށް ވެސް ބިންހިއްކުމަށް، އެކުއެކީގަ ދާނެ ކަމެއް ވީމަ މި އަހަރު ތެރޭގަ އެކަން ވާނެކަމަށް ތި ބޭފުޅުން ބައްލަވާ." ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ގާދިއްފުށީގެ ބަނދަރުގެ މަސައްކަތާއި، ސްކޫލްގެ އާ އިމާރާތުގެ އިތުރުން އޭޓީއެމް ގާއިމް ކުރުން ފަދަ ތަރައްގީގެ އިތުރު މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސް، ހެޔޮ ނަތީޖާ ނެރެދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ރަށުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަހަރުގެ އެކި ދުވަސްވަރަށް ބަހާލައި ތަރުތީބު ކުރައްވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތަކާއި ފުރުސަތުތައް މިހާރު ފަހި ކޮށްދެއްވާފައިވާ ކަމަށާއި، ރައްޔިތުން ޝާމިލު ވާނޭހެން އެ ފުރުސަތުތަކުގެ ބޭނުން ކައުންސިލުން ހިފުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް