ads
އެއް ދުވަސްތެރޭ ގާއިމުކުރި ރެކޯޑާއެކު މަޓާޓޯގެ މަރުހަބާ މިނިސްޓަރަށް
އެއްދުވަހުގެ ތެރޭގައި ރެކޯޑް އަދަދެއް ކަމަށްވާ 8,900 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުން ފާހަގަކޮށް، މަޓާޓޯއިން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލަށް މަރުހަބާ ދަންނަވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު 8,900 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމުގަ އެވެ.

އެކަމާ ގުޅިގެން މަޓާޓޯއިން ބުނީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ފަހަރު ކަމަށާއި، އެކަމަށްޓަކައި ޓޫރިޒަމް މިނިސްޓަރަށް މަރުހަބާ ދަންނަވާ ކަމަށެވެ.

މީގެއިތުރުން މި ކާމިޔާބީއާ ހަމަޔަށް ވާސިލްވުމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ޕާޓްނަރުންނާއި، ސްޓޭކް ހޯލްޑަރުންނާއި، އެއާލައިންތަކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މަޓާޓޯއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ. 

މަޓާޓޯއިން ބުނީ މި ސިނާޔަތުގައި އިތުރު ކާމިޔާބީތައް ހާސިލްވެ، ހީނުކުރާ ފަދަ މިންވަރަކަށް މި ދާއިރާ ފުޅާވެ ކުރިއަރައިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މި މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް 8,900 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި މަހުގެ ހަތަރުވަނަ ދުވަހު 8,032 ފަތުރުވެރިން ވަނި ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 28,304 ފަތުރުވެރިންނާއެކު އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް