ފުލުހުން ބުނީ ގއ. ވިލިނގިލީގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ފްލެޓް ލިބިއްޖެކަމަށް ބުނެ އޮޅުވާލައިގެން އެރަށު މީހެއްގެ ބޭންކު އެކައުންޓުން 2 ލައްކަ ރުފިޔާ މަކަރާއި ހީލަތުން ނަގާފައިވާ މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާކަމަށެވެ.
އެމައްސަލަ ހުށަހަޅާފައިވަނީ ބުދަ ދުވަހުގެ ހަވީރުކަމަށް ފުލުހުން ބުނެއެވެ.
އެކަމާއި ގުޅިގެން އަދި މިހަތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެެ.