އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރިން ކުރައްވާފައިވާ އަލީ ވަހީދު ވާދަކުރައްވަނީ ހދ. ކުޅުދުއްފުށި ދެކުނު ދާއިރާއަށެވެ. އެމްޑީޕީ ޕްރައިމެރީގައި ދެ ކެނޑިޑޭޓުންނާއި ވާދަކޮށް އަލީ ވަހީދު ދާއިރާގެ ޓިކެޓް ހޯދީ 245 ވޯޓްން ނެވެ.
އަލީ ވަހީދު އޭނާގެ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މީހަކަށްވީ އިއްޔެ މައިން ބަފައިންވީ ގުރުބާނީގެ ސަބަބުންކަމަށެވެ. އަދި އޭނާގެ ލޮބުވެތި މުނިކާފަ ފަދަ ހީވާގި ހިދުމަތްތެރިއަކަށް ވާނެކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
ރާއްޖޭގެ ބަރުލަމާނީ ނިޒާމުގައި ފާހަގަކޮށްލެވޭ އަލީ ވަހީދު ވަނީ 2014ގެ ވަނަ އަހަރުވެސް މަޖިލީހަށް ވާދަކުރައްވާފައެވެ. އެފަހަރު ތޮއްޑޫ ދާއިރާއަށް ވާދަކޮށްް ގޮނޑި ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
އަލީ ވަހީދު އެމްޑީޕީގެ ޓިކެޓްގައި މި ނުކުތީ 2018 ވަނައަހަރު ރިޔާސީ އިންތިހާބުގެ ދުވަަސްވަރު އެމްޑިޕީން ވަކިވެ ޖޭޕީ މެމްބަރެއްގެ ގޮތުގައި ހުރުމަށްފަހު 7 އަހަރު ފަހުން އަލުން އެމްޑީޕީއާއި ގުޅުމަށްފަހުއެވެ.
އަލީ ވަހީދު އެމްޑީޕީ ގުޅިވަޑައިގަތީ ރައްޔިތުންގެ މަޖިލިހުގައި ވާދަވެރި އިދިކޮޅު ޕާޓީ ޑީއާރުޕީގެ މެންބަރަކަށް ހުންނަވާ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ޕާޓީގެ އާންމު މެންބަރުންގެ ބޮޑު ތާއީދަކާ އެކު އޭނާ ވަނީ އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާފަ އެވެ.