ރައީސްގެ މި ދަތުރުފުޅަކީ މިމަހުގ 12 އިން 14އަށް އެ ގައުމުގައި އޮންނަ ވޯލްޑް ގަވާމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15ވަނަދުވަހުއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ޑރ. މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅަކަށްފަހު، ކޮޕް 28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ވެސް ޔޫއޭއީއަށް ވަޑައިގެންނެވިއެވެ.
ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ޗައިނާއަށެވެ. އެ ގައުމާއި ރާއްޖެއާއި ދެެދު ގުޅުން އިތުރަށް ވަރުގަދަކުރުމުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.