ads
ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން ދަތުރު ހަދައިގެން ބްރިޖް މަސައްކަތް ބަލާލަން ހިނގައްޖެ
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބަލާލަން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން ބަލާލަން ހިގައްޖެއެވެ.

އެ ވުޒާރާއިން ބުނީ ދަތުރު ހަދައިގެން ވުޒާރާގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން ގޮސް ވިލިމާލެ އާއި ގުޅީފަޅާ ދެމެދު ކުރަމުންދާ މަސައްކަތްތައް ބަލާލިކަމަށެވެ. 

ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން ބްރިޖު މަސައްކަތް ކުރިޔަށްދާ ގޮތް ބަލަން މި ދިޔައީ ބްރިޖްގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ މަސައްކަތާއި މެދު މިވަގުތު ކަންބޮޑުވުމެއް ނެތްކަމަށް ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ދާދި ފަހުން ވިދަޅުވެފައިވަނިކޮށެވެ. ވަޒީރު ދާދި ފަހުން ޓީޥި ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ބްރިޖުގެ މަސައްކަތް މަސައްކަތް ކުރިއަށްދާގޮތާއި މެދު ހިތްހަމަޖެހޭކަމަށެވެ. 

ބިނާރާ ބެހޭ ވުޒާރާގައި ވަޒީރުންގެ އިތުރުން ހަތަރު ސްޓޭޓް މިނިސްޓަރުންނާއި 5 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް