ads
ދަނޑުގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތަށް 2 މީހަކު ބަންދަށް
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ދަނޑުމައްޗަށް އަރާ މާރާމާރީ ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
Advertisement

މިދިޔަ ބުދަ ދުވަހު ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި ދަނޑުމައްޗަށް އަރާ ހިންގި ހަމަނުޖެހުމުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ މިއަދު އެވެ. 

އެ ދެމީހުންނަކީ:

  • އިބްރާހިމް އަލީ ރައޫފް، ހ. ހިލްޓަން/މާލެ 
  • ރިކްޒް އާދަމް، ފައިވްރޯސް/ ގދ. ތިނަދޫ 

މިދެމީހުންގެ މައްޗަށް ކޮށްފައިވަނީ، މާރާމާރީ ހިންގުމާއި، ބިރުދެއްކުމާއި، އިންޒާރު ދިނުމާއެކު އާންމު މަސްލަހަތަށް ގެއްލުންހުރި ކަމެއް ކުރި ކަމުގެ ތުމަތެވެ. ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ވަނީ ޖަހާފަ އެވެ.

އެ ދެ މީހުންގެ ބަންދު އަމުރުގައި ވާގޮތުން، ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ދެމީހުންނެވެ. އިބްރާހިމް އަލީ ރައޫފްގެ ބަންދު އަމުރުގައި ވާގޮތުން، ފުލުހުން ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖުން އޭނާ ދަނޑުމަތީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ކަމަށް އައިއޯ ބުނެ އެވެ.

ދިފާއުގައި އޭނާގެ ދިފާއީ ވަކީލު ކޯޓުގައި ވިދާޅުވެފައިވާ ގޮތުން އޭނާ ދަނޑުމައްޗަށް އެރީ އެފްއޭއެމްގެ ހުއްދަ ލިބިގެންނެވެ. ނަމަވެސް އެކަން ސާބިތުކުރެވޭނެ ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް އަމުރުގައި ވެއެވެ. 

އިބްރާހިމް އަލީ ރައޫފްގެ ވަކީލު ކޯޓުގައި ވިދާޅުވީ، އޭނާ އެއްވެސް މީހެއްގެ ގައިގާ ޖަހާ މާރާމާރީ ހިންގާފައި ނުވާ ކަމަށެވެ.

ވިކްޓްރީއާ ކުޑަ ހެންވޭރުގެ މެޗު ހުއްޓާލި ހިސާބުން އަލުން ފަށަން މުބާރާތުގެ އެމަޖެންސީ ކޮމިޓީން ނިންމި ނަމަވެސް، ކުޑަހެންވޭރުން ވަނީ މެޗު ކުޅެން ބޭނުން ނުވާކަން ހާމަކޮށް އެފްއޭއެމް އަށް ސިޓީއެއް ފޮނުވާފައި އެވެ.

އެ ސިޓީއާ ގުޅިގެން އެފްއޭއެމުން ނިންމީ، މެޗު ހުއްޓާލި އިރު އޮތް ނަތީޖާ ކަމަށްވާ 3-1 ން ވިކްޓަރީ މޮޅުވެފައިވާ ކަމަށެވެ. އެހެންކަމުން ވިކްޓްރީއަށް ސެމީ ފައިނަލުން ފުރުސަތު ލިބުނީއެވެ. ސެމީގައި ވިކްޓްރީ ކުޅޭނީ ޒަމާންވީ ވާދަވެރިޔާ ނިއުރޭޑިއަންޓާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް