ads
ދިގުރަށު ސްކޫލް ބޭރުގައި ބައެއް ބެލެނިވެރިން
ޕްރިންސިޕަލް ބަދަލުކުރުމުން ދިގުރަށު ބެލެނިވެރިން ސްކޫލް ކައިރީ އިހްތިޖާޖުކުރަނީ
އދ. ދިގުރަށު ސްކޫލު ހިންގުން ކުރީގެ ޕްރިންސިޕަލާއި އަނެއްކާވެސް ހަވާލުކުރުން ބެލެނިވެރިން ސްކޫލް ކައިރީގައި އިހްތިޖާޖުކުރަން ފަށަައިފިއެވެ.

ދިގުރަށު ސްކޫލްގެ ހިންގުން ކުރީގެ ޕްރިންސިޕަލާ އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކުރި މިދިޔަ ހަފްތާގެ އަންގާރަދުވަހުއެވެ.

އެރަށު ބެލެނިވެރިޔަކު ބުނީ ކުރިން ހުރި ޕްރިންސިލް ބަދަލުކުރީ އެ ޕްރިންސިޕަލާއި ގުޅިގެން ގިނަ އަދަދެއްގެ ޓީޗަރުންނާއި ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށައެޅި ޕެޓިޝަނަކާއި ގުޅިގެންކަމަށެވެ. 

އެހެންނަމަވެސް ސަރުކާރު ހިންގާ ޕީޕީއެމް / ޕީއެންސީން މަޖިލިހަށް ދަނގެތި ދާއިރާއަށް ހޮވުނު ކެންޑިޑޭޓުގެ ނުފޫޒުން އަނެއްކާވެސް އެ ޕްރިންސިޕަލް ގެނެސް ސްކޫލަށް އައްޔަންކޮށްފައިވާކަމަށްވެސް ބެލެނިވެރިން ބުނެއެވެ. 

ސްކޫލްތަކުގެ ޕްރިންސިޕަލުންނަކީ ސިޔާސީ ބައެއް ނޫންކަމަށް ބުނެ ސިޔާސީ ބޭނުމަށް ދަރިވަރުންގެ ކިޔެވުން ހަލާކުވިޔަ ނުދޭން ބެލެނިވެރިން ވަނީ ގޮވާލާފައެވެ.

ބެލެނިވެރިން ސްކޫލް ކައިރީ އެއްވެ އިހްތިޖާޖުކުރާތީ ސްކޫލްގައި ކިޔަވާދެމުން އަންނަނީ ސްކޫލްގެ މައި ގޭޓް ތަޅުލުމަށްފަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް