ޕީއެސްއައިޕީ މަޝްރޫއުތަަކަށް ކުރި ހޭދަ 83 ޕަސެންޓް ދަށަށް
މުހައްމަދު އާދަމް އަހްމަދު
11 ފެބްރުއަރީ 2024 - 10:37:57
ތަރައްޤީގެ މަޝްރޫއުތައް ހިންގާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މިއަހަރުގެ މިހާތަނަށް ކުރި ހޭދަ ދަށަށް ހިނގަޖެއެެވެ.
މާލީ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ މަހު ޕީއެސްއައިޕީއަށް ހޭދަކޮށްފައިވަނީ 287.5 މިލިއަން ރުފިޔާއެވެ. މީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %83 ދަށްވުމެކެވެ. މިދިޔަ އަަހަރުގެ ފުރަތަމަ މަހު ޕީއެސްއައިޕީއަށް 1.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
މިއަހަރުގެ ފުރަތަމަ މަހު ޕީއެސްއައިޕީން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިން ހިއްކުމަށެވެ. ބިން ހިއްކުމުގެ މަޝްރޫއުތަކަށް 82.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށެވެ. އެކަމަށް 44.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ބްރިޖް މަޝްރޫއަށް 13.5 މިލިއަން އަދި ބަނދަރު ހެދުމުގެ މަޝްރޫއަށް 24.8 މިލިއަން ރުފިޔާ ވަނީ ޕީއެސްއައިޕީން ހޭދަކޮށްފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް