ads
ރައީސް ޔޫއޭއީއަށް ފުރާވަޑައިގެންފި
ދުބާއީގައި އޮންނަ ވޯލްޑް ގަވަމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު، ޑިފެންސް މިނިސްޓަރު، އަދި ދުބާއީގެ ވެރިޔާގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ދުބާއީގައި ބާއްވާ މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ޕްރައިވެޓް ސެކްޓާ އަށް ހާއްސަ ލީޑަރުން ބައިވެރިވާނެ އެވެ. އަދި މުސްތަގްބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުންނާއި ސަރުކާރުތައް ބާރުވެރިކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސަމިޓްގައި ރައީސް ޑރ. މުއިއްޒު ތަގުރީރު ކުރައްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މި މަހުގެ 13 ވަނަ ދުވަހު ދުބާއީގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމުގައިވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވާނެ އެވެ.

މިމަހުގެ 12 އިން 14 އަށް ކުރިއަށްގެންދާ މި އަހަރުގެ ވޯލްޑް ގަވަމަންޓް ސަމިޓުގެ ތީމްއަކީ "ޝޭޕިން ފިއުޗާ ގަވަމަންޓްސް" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް