ads
އޯ ލެވެލް އަދި އޭ ލެވަލް އިމްތިހާނަށް މުހިންމު ސައިޓް ފޮޓޯއެއް--
އޯލެވެލް އަދި އޭލެވެލްއަށް މުހިންމު މައުލުމާތުތައް ހިމެނޭ މުޅިން އާ ވެބްސައިޓެއް
އެޑްއެކްސެލް އޭލެވެލް، ކެމްބްރިޖް އޭލެވެލް، އެޑްއެކްސެލް އައިޖީސީއެސްސީ، ކެމްބްރިޖް ޖީސީއީ އަދި އައިޖީސީއެސްސީ، އެޗްއެސްސީ ދިވެހިއާއި އިސްލާމް އަދި އެސްއެސްސީ ދިވެހިއާއި އިސްލާމް އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ހާއްސަކޮށްގެން، އެޑިއުއެކްސްޓްރާ ވެބްސައިޓް ލޯންޗްކޮށްފިއެވެ.

މި ވެބްސައިޓުގައި 15 އަހަރަށްވުރެ ގިނަ އަހަރުގެ ޕާސްޓްޕޭޕަރުތަކާއި މާކިންގް ސްކީމްތަކާއި އަދި އެކި މާއްދާތަކުގައި ހިމެނޭ ތަފާތު މައުލޫއުތަކާގުޅޭ އިތުރު ލިޔުންތަކާއި، ވީޑިއޯލިންކްތައްވެސް ލިބެންހުރެއެވެ.

ތައުލީމީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ، ފަންނީ ތަޖްރިބާކާރުންގެ ތަޖްރިބާއާއެކު ލޯންޗްކޮށްފައިވާ މި https://www.eduextra.org ވެބްސައިޓުގެ ބޭނުމަކީ ބެލެނިވެރިންނާއި ދަރިވަރުންނަށްވެސް ލުއިފަސޭހަގޮތެއްގައި ކިޔެވުމަށް ބޭނުންވާ ވަސީލަތްތައް އެއްތަނަކުން ލިބޭނެ މަގުފަހިކޮށްދިނުންކަމުގައި އެޑިއުއެކްސްޓްރާއިން ފާހަގަކުރެއެވެ. 

ހަމަމިއާއެކު، ޓިއުޝަނަށް ކުރާ ހަރަދަށްވުރެ ލުއި ފަސޭހަގޮތެއްގައި، މަހަކު އެންމެ 100 ރުފިޔާއަށް މާއްދާއެއްގައި ހިމެނޭ ހުރިހާ މެޓީރިއަލްތަކެއް ލިބެން ހުންނާނެކަމަށްވެސް އެ ފަރާތުން މައުލޫމާތުދެއެވެ. މިއީ ގްރޭޑް 8އިން މަތީގެ ދަރިވަރުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ބޭނުންކުރަން ފަސޭހަގޮތަކަށް ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 7576787 އަށް ވަޓްސްއަޕް މެސެޖް ނުވަތަ [email protected] އަށް އީމެއިލްކުރެވޭނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް