ads
ރައީސް އިބޫ އާ ރައީސް ނަޝީދު
އެމްޑީޕީގެ ރައީސަކު ހޮވުން އަންނަ މަހު 2 ގައި
އެމްޑީޕީގެ ރައީސްގެ މަޤާމަށް ކަމަށްކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމު ހުސްވީ ރައީސްް ނަޝީދާއި ރައީސް ސާލިހާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ އެންމެ ފަހުން ރައީސް ނަޝީދު އެމްޑީޕީން ވަކިވެޑައިގަތުމުންނެވެ. އެމްޑީޕީން ވަކިވެޑައިގެން ނަޝީދު ވަނީ އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކާއި އެކު ދަ ޑިމޮކްރެޓްސްގެ ނަމުގައި ވަކި ޕާޓީއެއް އުފައްދަވާ މި ނިދިޔަ ރިޔާސީ އިންތިހާބުގައިވެސް ވާދަވެސްކޮށްފައެވެ. 

އެމްޑީޕީން ބުނީ އެޕާޓީގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 20 ވަނަވާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އަދި ރައީސް ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ މަހުގެ 2 ވަނަ ދުވަހުކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ރައީސް ނަޝީދު ވަކިވެޑައިގަތުމުން ރައީސް ސާލިހް އެމްޑީޕީގެ ވަގުތީ ރައީސެއްގެ ގޮތުގައި އައްޔަންކުރީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ އއ. އުކުޅަކުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ އިންނެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް