ޔުއޭއީގައި އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ މިހާރު ކުރިއަށްދާ ވޯލްޑް ގަވަމަންޓްސް ސަމިޓުގެ ހަވާސާގަ އެވެ.
ދެ ރައީސުންގެ މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ގައުމަކީ ތުރުކީއެވެ. އަދި އެ ދަތުރުފުޅުގައި ދެ ގއުމުގެ ދެމެދު އެކ ދާއިރާތަކުން މުހިއްމު މަޝްވަރާތަކެއް ކުރައްވާފައިވެ އެވެ.
މިމަހުގެ 12 އިން 14 އަށް ކުރިއަށްގެންދާ މި އަހަރުގެ ވޯލްޑް ގަވަމަންޓް ސަމިޓުގެ ތީމްއަކީ "ޝޭޕިން ފިއުޗާ ގަވަމަންޓްސް" އެވެ.