ads
އުއްމީދަކީ މިއަހަރު ރިސޯޓް މުވައްޒަފުންނަށް ފްލެޓް ދިނުން
ޓްއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްކަށް ދޭ ފްލެޓް މިއަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެކަމަށް ވަރަށް އުއްމީދު ކުރައްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދޭ ރައީސް ޖަވާބުގައި މިއަދު ޒުވާނަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެ ޒުވާނާގެ ސުވާލަކަށްވީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިރެކެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމަށް ޒުވާނުންގެ ހިޔާލާ މަޝްވަރާ ސަރުކާރުން ހޯދާނެ މިންވަރެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަކީ އެމަނިކުފާނުގެ ވައުދެއްކަމަށެވެ. އަދި އެ މަސައްކަތް ނިންމާ ވަޒީރުންގެ މަޖިލީހުން ނިންމުންތަކެއް ނިންމާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. 

ސޯޝަލް ހައުސިންގެ ތެރެއިން ރިސޯޓް މުވައްޒަފުންނަށް ފްލެޓް ދިނުމަށް މަސައްކަތް ކުރިޔަށް ގެންދަަން ނިންމާ އެކަމާއި ގުޅޭ އޮނިގަނޑު ފާސްކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 

" އެ އޮނިގަނޑުގެ މައްޗަށް ބިނާކޮށް ޓްއަރިޒަމް ދާއިރާގެ އެކިއެކި ޖަމިއްޔާތަކާއި ޓްއަރިޒަމް ދާއިރާގައި މަސައްކަތް ކުރާ އެކިއެކި ފަރާތްތަކުގެ ހިޔާލާ މަޝްވަރާއާ އެކީގައި އެކެޓަގަރީގެ ތަފްސީލުތައް ނިންމަން މާނައަކީ ޝަރުތުތައް ކަނޑައަޅާނެ ގޮތާއި ޕޮއޮންޓް ދޭނެ ގޮތް ނިންމަން. " ރައީސް ވިދާޅުވިއެވެ.

 

ރާއްޖޭގެ އެކި އެކި ސަރަހައްދުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުންވެސް ރިސޯޓް މުވައްޒަފުންނަށް ވަކި އިންސައްތައެއް ކަނޑައަޅާގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގޭ ހައުސިން މަޝްރޫއުތަކުން އެ ސަރަހަދެއްގައި މަސައްކަތް ކުރާ ރިސޯޓް މުވައްޒަފުންނަށް ޖާގަ ދިނުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

"ދެން ކިހާތަކުތޯ، އެންމެ އަވަހަށް ފެށޭ ހައުސިން ޕްރޮޖެކްޓްތަކުންވެސް އެކަން ހަމަޖެހިގެން ދާނެ. އަޅުގަނޑުމެން މިހާރު އެކަމާއި ގުޅޭ ބައިވަރު މަސައްކަތްތަކެއް ފަށައިގެން މިއުޅެނީ. ވަރަށް އުއްމީދުކުރަން މި އަހަރުގެ ތެރޭ އެ ފުރުސަތު ލިބިގެން ދާނެކަމަށް." ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ޓްއަރިޒަމް ދާއިރާ ކުރި އަރުވާނީ އެ ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް