ads
ނޯވޭގައި ކޮވިޑް-19 އަށް ބޭހެއް ބޭނުންކުރަން ފަށައިފި
ނޯވޭގައި ކޮވިޑް-19 އާ ދެކޮޅަށް ފުރަތަމަ ފަހަރަށް އެކްސްޕެރިމެންޓަލް ޑްރަގް ޓްރައަލްއެއް ކުރިއަށް ގެންދަން ފަށްޓައިފި އެވެ.

ދުނިޔޭގޭ ސިއްހީ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހޮނިހިރު ދުވަހު ބޭއްވި ޕްރެސް ކޮންފެރެންސްގައި ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް ގެބްރެޔޭސަސް ވިދާޅުވީ ނޯވޭ އަދި ސްޕެއިން އިން ބަލި މީހުންނަށް ސޮލިޑިޓަރީ ޓްރަޔަލްގައި ބައިވެރި ކުރުމަށް ނަން ނޯޓުކޮށްފައިވާ ކަމަށެވެ. 

މި ޓްރައަލްގައި ތަފާތު ހަތަރު ޑްރަގްއެއް ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ގޮތުން ބޭނުން ކުރެވޭނެ އެވެ. އޭގެ ތެރޭގައި، މެލޭރިއާ އަށް ބޭނުންކުރެވޭ ބޭސް އަދި އެބޯލާ އަށް ބޭނުން ކުރާ ބޭސް ވެސް ޓެސްޓު ކުރެވިގެން ދާނެ އެވެ.

އެންމެ ފުރަތަމަ ޓެސްޓު ކުރެވޭނީ ޕްރެންކުއިލް ނަމަކަށް ކިޔާ ޑްރަގް އެކެވެ. މި ޑްރަގަކީ މެލޭރިއާ ބައްޔަށް މީހުން ރަނގަޅު ކުރުމަށް ބޭނުން ކުރަމުން އައި ޑްރަގް އެކެވެ. ދެން ޓެސްޓު ކުރެވޭނީ އެބޯލާ އަށް ހަދާފައިވާ ޑްރަގް އެކެވެ.

ދުނިޔޭގެ އެކި ހިސާބުން 45 ގައުމަކުން ބަލި މީހުން ބައިވެރި ކުރުމަށް ނިންމާފައިވާ މި ޓެސްޓު މިހާރު ވަނީ ނޯވޭގައި ފަށާފަ އެވެ. މި ޓްރައަލް ކުރިއަށް ގެންދެވިގެން އަންނާނީ ޑަބްލިއުއެޗްއޯގެ ދިރާސާތައް ކުރިއަށް ގެންދާ 22 ހޮސްޕިޓަލްތަކުގެ ތެރެއިން އޮސްލޯ ޔުނިވާސިޓީ ހޮސްޕިޓަލްގަ އެވެ. 

އިންސިޓިޓިއުޓް އޮފް ޕަބްލިކް ހެލްތުން ގަބޫލު ކުރާ ގޮތުގައި މި ދިރާސާ ވެގެން ދާނީ ކޮރޯނާ ވައިރަސް ދިފާއު ކުރުމަށް ކުރިއަށް ގެންދެވޭނެ އެންމެ މުހިންމު އެއް ދިރާސާ އަށެވެ. ނަމަވެސް ބޭހެއް ޔަގީން ކުރުމަށް ގާތްގަޑަކަށް ތިން މަސްވަރު ވާނެ ކަމަށް އެތަނުން ލަފާކުރެ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް