މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖުން އިއްޔެ ކުރި އިއުލާނުގައި ވަނީ ވިލަރެސްވެރިންނަށްވުމަށް ޝައުގުވެރިވާ މީހުންނަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަކަށް ނަގާ އެ ވަޒީފާގެ މުސާރައިގެ ގޮތުގައި 25,000 ރުފިޔާ ކަނޑައަޅާފައިވާއިރު، ރިސާޗް އެލަވަންސްގެ ގޮތުގައި 5,000 ރުފިޔާ ލިބޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ވިލަރެސް ވެރިންގެ މައިގަނޑު މަސްއޫލިއްޔަތުތައް:
މިނިސްޓްރީން ބުނީ، މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 20 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެ ކަމަށެވެ. އަދި, އެއަށް ފަހު މި މަހުގެ 22 އާއި، މާޗް މަހުގެ 12 އާ ދެމެދު މި މަގާމުގެ އިންޓަވިއު ކުރިއަށްދާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
މި ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ފެބްރުއަރީ 20 ވަނަ ދުވަހުގެ މެންދުރުފަހު 13:30 އެވެ.