ads
އަޒުލުކުރުމުގެ މާއްދާތަކުގެ ޝަރީއަތް މިމަހު 25ގައި ފަށަނީ
ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ މަރުހަލާތައް ބަޔާންކުރާ މަޖލީހުގެ ގަވައިދަށް ގެނައި ބަދަލުތަކާއި ގުޅިގެން ބަންޑާރަ ނައިބު ސުޕްރީމްކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް މިމަހު 25ގައި ފަށަން ނިންމައިފިއެވެ.
Advertisement

ދައުލަތުގެ ބަންޑާރައި ނައިބް މި މައްސަލ ސުޕްރީމްކޯޓަށް ހުށައެޅީ މިިދިޔަ މަހުއެވެ، އެއާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރިފައެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. 87 މެމްބަރުން ތިބެންޖެހޭ މި ދައުރަށް ބަލާއިރު އެއީ 58 މެމްބަރުންނެވެ. 

އެހެންނަމަވެސް މަޖލީހުން ވަނީ އެ އަދަދު ގުނުމުގައި މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުގުނުމަށް ނިންމާ މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެެސްފައެވެ. މި ބަދަލު ގެނައީ އައު ސަރުކާރުގެ މަގާމުތަކަށް މަޖިލީހުގެ 6 މެމްބަރަކު މަޖިލީހުން ވަކިވެގެން އެ މަގާމުތަކަށް ދިޔުމުންނެވެ. 

ރައީސް ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުންވަނީ އަމުރުކުރީ މިދިޔަ ބުރާސްފަތިދުވަހުއެވެ. 

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރުއްވި އަމުރުގައިވަނީ މެމްބަރުންގެ އަދަދު ގުނާނެ ގޮތާ ބެހޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފް ކަމަށް ދައުލަތުން ތުހުމަތު ކުރާ ހާލަތެއްގައި، އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ. 

މި މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންނަކީ، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރާއި ޑރ. މުހައްމަދު އިބްރާހިމްއެވެ. ރައުޔު ތަފާތުވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރާއި ޑރ. މުހައްމަދު އިބްރާހިމްއެވެ. 

ޖުމްލަ މެމްބަރުންގެ އަދަދު ކުރިން ގުނަމުން އައީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ވާއިރު، ކޯޓުން ގޮތެއް ނިންމަންދެން މަޖިލީހުން ކުރިން އަމަލުކުރި ގޮތް ދެމި އޮންނަން ޖެހޭ ކަމަށް އެ އަމުރުގައިވެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް