ads
ޔޫއޭއީ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅަކީ އެކުވެރި އަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، ޑިފެންސް މިނިސްޓަރު، އަދި ދުބާއީގެ ވެރިޔާގެ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ދައުވަތަކަަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ދުބާއީގައި އޮތް ވޯލްޑް ގަވަމަންޓްސް ސަމިޓުގައި ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވާފަ އެވެ. ރައީސްގެ ތަގުރީރުގައި ވަނީ ރާއްޖެއިން ހާސިލުކުރަން މަސައްކަތްކުރަމުންދާ ދެމެހެއްޓެނިވި ތަރައްގީގެ ތަސައްވުރަށް އަލިއަލުއްވާލައްވާފަ އެވެ.

ރައީީސްގެ މި ދަތުރުފުޅުގައި، ދުބާއީގައި ބޭއްވި "އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ" ގައި ވެސް ބައިވެރިވެވަޑައިގެން އެމަނިކުފާނު ތަގުރީރު ކުރައްވާފައިވެ އެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި ރައީީސް ވަނީ ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ފެށި ދިވެހިބަހާއި އިސްލާމް ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް "ރިވެލި" އިފްތިތާހް ކޮށްދެއްވާފައެވެ.

ރައީީސްގެ މި ދަތުރުފުޅުގައި ބައެއް މިނިސްޓަރުން ހިމެނޭހެން ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް