ads
މައްސަލަ ހައްލުކޮށް ދުވާފަރަށް ކަރަންޓް ދީފި
މައްސަލަ ހައްލުކޮށް ރ. ދުވާފަރަށް ކަރަންޓު ދީފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ސްޓެލްކޯގެ އިންޖީނިއަރިން ޓީމުގެ އެހީތެރިކަމާއެކު، މިއަދު ހެނދުނު 6:30 ހާއިރު ދުވާފަރުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް ކަރަންޓް ދޫކުރެވިފައިވާ ކަމަށެވެ.

ރައްޔިތުންނަށް ބޭނުން ޖެހޭ މިފަދަ ކޮންމެ ދަނޑިވަޅެއްގައި، އެއީ ގައުމީ މަސައްކަތެއް ކަމުގައި ދެކި، ކުންފުނީގެ މުވައްޒަފުން ކުރައްވަމުންގެންދަވާ އިހްލާސްތެރި މަސައްކަތްތަކަށް ފަހުރުވެރިކަމާއި ސާބަހާ އެކު ޝުކުރުދަންނަވާ ކަމަށާއި ސްޓެލްކޯ ވާނީ އަބަދު ވެސް ރައްޔިތުންނާ އެކު، ރައްޔިތުންގެ ހިދުމަތުގައި ކަމަށް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭގެ ވަގުތެއްގައި ސްޓެލްކޯގެ އިންޖީނިއަރުންގެ ޓީމެއް ދުވާފަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އެ ރަށައް ގޮސްފައިވާކަމަށެވެ. 

ރ. އަތޮޅުގެ އާބާދީ އެންމެ ބޮޑު ރަށް، ދުވާފަރުގެ ބޮޑު ސަރަހައްދަކުން އިއްޔެ ހެނދުނުން ފެށިގެން ވަނީ ކަރަންޓު ކެނޑިފަ އެވެ. 

ދުވާފަރު ކައުންސިލުން މީޑިއާއަކަށް ބުނި ގޮތުގައި ރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ އިއްޔެ ހެނދުނު 10:00 ގެ ކުރިން ކަމަށާއި 12 ގަޑިއިރު ވެގެން ދިޔައިރު ވެސް މައްސަލަ ހައްލު ނުވާ ކަމަށެވެ. ކަރަންޓު ދިޔައީ ކޭބަލަކަށް ދިމާވި މައްސަލައަކުން ކަމަށް ކައުންސިލުން ބުނެ އެވެ.

ދުވާފަރުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެނީ އެމްޑަބްލިޔޫއެސްސީ އިންނެވެ.

   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް