އެމްޓީސީސީން ބުނީ މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މުޅި މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ޖިއޯ ބޭގް ޖެހުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި މަޝްރޫއުގެ ދަށުން، އެ ރަށަށް ބޭނުންވާ 17 ހެކްޓަރުގެ ބިން ހިއްކުމާއި، އެއާޕޯޓަށް ބޭނުންވާ 30.8 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން 1948 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ.
މީގެއިތުރުން 1665 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖަހުމާއި 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެ އެވެ.
މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 232.26 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.