ads
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ ހުސެއިން ރަޝީދު (ބިގޭ)
ރިޔާސީ ބަޔާނުގައި ރައީސް ހެއްދެވީ ދޮގު، އެ ބަޔާން އޮތީ އޮޅުން އަރާގޮތަށް: އެމްޑީޕީ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ބަޔާނުގައި ދޮގު ވާހަކަތައް ހިމަނާ ބަޔާނަކީ އޮޅުން އަރާގޮތަށް އޮތް ބަޔާނެއްކަމަށް ރައްޔިތުން މަޖލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ބުނެފިއެވެ.
Advertisement

ރިޔާސީ ބަޔާނަށް ޖަވާބު ދޭންޖެހެނީ ވެރިކަން ކުރާ ޕާޓީ ނޫން ދެން އެންމެ ގިނަ މެންބަރުން އެކުލެވޭ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުންނެވެ. ރިޔާސީ ބަޔާނަށް ޖަވާބު ދިނީ އިދިކޮޅު އެންމެ ބޮޑު ފާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލިފުށީ ދައިރާގައި މެމްބަރު ހުސެއިން ރަޝީދު (ބިގޭ) އެވެ. 

ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން ބިގޭ ވިދާޅުވީ އެ ބަޔާނުގައި ގައުމުގެ ހާލަތު ތެދުވެރިކަމާއި އެކު ބަޔާންކޮށްފައި ނުވާކަމަށާއި ގައުމައް ކުރިމަތި ވެފައިވާ މުހިންމު ކަންކަމަށް އެއްވެސް ވަރަކަށް އެ ބަޔާނުގައި ރައީސް އަލިއަޅުއްވާލާފައިވެސް ނުވާކަމަށެވެ.

ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ރައީސް އިތުރުފުޅު ހެއްދެވިކަމަށް ހުސެއިން ރަޝީދު ތުހުމަތުކުރެއްވިއެވެ. އަދި ކޮވިޑާއި ޔުކްރެއިން ހަނގުރާމަ ގުޅިގެބް އޭރު ސަރުކާރުން ހިންގެވި މުހިއްމުކަންކަން ފާހަގަނުކުރާންވެސް ރަޝީދު ފާހަގަކުރެއްވިއެވެ. 

ކޮވިޑް 19 އަދި ރަޝިޔާ ޔޫކްރޭން ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލު އަގު އަދި އިންޓްރަސްޓް ރޭޓް އިންތިހާއަށް މައްޗަށް ދިޔުމުގެ ސަބަބުން 2020 ވަނަ އަހަރު ދައުލަތުގެ އާމްދަނީ 50 އިންސައްތައްއަށް ކުޑަވި ނަމަވެސް އާންމު ރައްޔިތުންނަށް މިކަން އިހުސާސް ވިޔަނުދިނުމަށް އިންކަމް ސަޕޯޓް ދެވިފައިވަނީ މިދިޔަ ސަރުކާރުގެ ހިންގުންތެރި ސިޔާސަތުގެ ސަބަބުން ކަމަށް ރަޝީދު ވިދާޅުވިއެވެ. 

އެހެންނަމަވެސް ކޮވިޑްގެ ދަތިކަން އެއީ ނެތް އެއްޗަކަށް ހައްދަވާ ގައުމަށް ދިމާވެފައިވާ ނާޒުކު ހާލަތުގެ ވާހަކަ ރައީސް ތިލަ ކޮށްލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

2020 ވަނަ އަހަރު ދިމާވި ކޮވިޑްގެ ހާލަތުން އެއްވެސް ރައްޔިތަކު އެކަމުގެ ހިތި ތަހަންމަލު ކުރަން ނުޖެހި އަރާ ގަނެވިފައިވާ ކަމަށާއި ކޮވިޑްގެ ހާލަތަށް ފަހު ގައުމުގެ އިގްތިސާދު ވަނީ ވަރަށް ބާރު މިނުގައި ކުރިއަރާފައިވާކަންވެސް ބިގޭ ފާހަގަ ކުރެއްވިއެވެ.

"2021 އަދި 2022 ގައި ދުނިޔޭގެ ނިސްބަތުން އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރާ ދިޔަ 10 އިގްތިސާދުތަކުގެ ތެރޭގައި ރާއްޖޭ ހިމެނޭ. ކޮވިޑްގައި ކުރިމަތިވި އަޑިގުޑަން ތަކުން އަޅުގަނޑުމެން އަރައިގަތީ ހިކުމަތްތެރިކަމާއި އެކު ކަންކަން ނިންމާ އެކަށިގެންވާ ފިޔަވަޅުތައް އަޅާ ގައުމު ގެންދަން ވީ މިސްރާބު އިނގި ތިބެ ކަންކަން ކޮށްގެން" ހުސެއިން ރަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ބެހޭގޮތުން ރައީސް ދެެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ފާހަގަ ކުރައްވާ ރަޝީދު ވިދާޅުވީ ރައީސްގެ ބަޔާން އޮތީ ރައްޔިތުންނައް އަދި މަޖިލީހުގެ މެމްބަރުންނައްވެސް ވަރަށް ބޮޑަށް އޮޅޭ ގޮތަށްކަމަށެވެ. 

"ކޮވިޑުގެ ހާލަތުގައިވެސް މަސްވެރިންގެ ލާރި އެ ބޭފުޅުންނައް އެންމެ ގިނަވެގެން 10 ވަރަކަށް ދުވަސްތެރޭގައި ދެވިފައިވޭ. އެކަން ވެސް ކުރެވުނީ ރޭވުންތެރިކަމާއި އެކު ފިޔަވަޅުތައް އެޅުނީމަ" ހުސެއިން ރަޝީދު ވިދާޅުވިއެވެ.

ރާއްޖެ މިއަދު މިއޮތް ހާލަތަށް އައިސްފައި މިވަނީ ނިމި ދިޔަ ސަރުކާރުގެ ހިންގުންތެރި އަދި ރޭވުންތެރިކަމުގެ ސަބަބުންކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ ހުސެއިން ރަޝީދު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް