ads
އައްޑޫ ބްރިޖުގެ ދިރާސާގެ އެއްބަސްވުމުގައި ސޮއިކޮށްފި
މަސައްކަތް ހަވާލު ކުރީ މިސްރު ކުންފުންޏަކާ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގައި ހިމެނޭ އައްޑޫ އައްޑޫ ހުޅުދޫ މީދޫ އާއި ހިތަދޫ ގުޅުވާލެދޭ ބްރިޖުގެ މަސައްކަތް ކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބްރިޖްގެ މަސައްކަތައް ބޭނުންވާ ދިރާސާތައްކުރުމަށް ހަވާލުކުރީ މިސްރުގެ ކުންފުންޏެއް ކަމަށް އަރާބް ކޮންޓްރެކްޓާ މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާއެވެ. 

މި އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެވެ. އަރަބް ކޮންޓުރަކްޓާސް ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރުން ބޯޑުގެ މެމްބަރު އަދި އިންޖީނިއަރު ހެބާ އަލީ އަލައިލާ އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ އެ ބްރިޖުގައި ގާތްގަނޑަކަށް 14 ކިލޯ މީޓަރު ހިމެނޭކަމަށާއި މިއީ ހަމަ އެކަނި ފީސިބިލިޓީ ބެލުމަށް ހެދޭ އެއްބަސްވުމެއް ނޫން ކަމަށެވެ. 

your imageރައީސް މުއިއްޒު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

ބްރިޖުގެ މަސައްކަތް ކުރުމާބެހޭ ގޮތުން ރައްޔިތުންގެ ވިސްނުމާއި ހިޔާލުތައް ބޭނުންވާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ 

އަރާބް ކޮންޓްރެކްޓާސް އާ އެކު މިއަދު އެއްބަސްވުމުގައި ސޮއި ކުރި ނަމަވެސް އެއްބަސްވުމުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. ބްރިޖުގެ މަސައްކަތާ ބެހޭ ގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު  މުއްތަލިބު ވާހަކަ ދެއްކެވި އިރު ވެސް އަރާބް ކޮންޓްރެކްޓާސް އާ މަސައްކަތް ހަވާލު ކުރީ ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ކަމަށް ވިދާޅުވި އެވެ. ސާވޭގެ މަސައްކަތް ހިލޭކޮށް ދޭނެ ކަމަށް ވިދާޅުވި އިރު ބްރިޖު އެޅުމަށް ހިނގާނެ ހަރަދުގެ ތަފްސީލް އެނގޭނީ  ފީޒިބިލިޓީ ސްޓަޑީ ހަދާ ނިމުމުންނެވެ.

އައްޑޫ ބްރިޖަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެ މަނިކުފާނުގެ "ހަފުތާ 14" ނުވަތަ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބްރިޖާ ގުޅުން ހުރި މުހިއްމު ކަންތައްތަކެއް ރާވާފައިވެ އެވެ.

ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ސާވޭ އަށް 30 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް