ads
އިންޑިއާ ސިފައިން ދިވެހި މަސް ދޯނިތަކަށް އަރާ
މަސްދޯނިތަކަށް އިންޑިއާ ސިފަައިން އެރި ސަބަބު އަދިވެސް ނޭގޭ
ދިވެހި މަސްދޯނިތަަކަށް އިންޑިއާ ސިފައިން އެރި ސަބަބު އަދިވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއަށް ނޭގޭކަމަށް އެ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ތިން މަސް ދޯންނަކަށް އިންޑީއާ ސިފައިން އަރާ މަސްވެރިންނަށް ވަނީ ބިރުދައްކާފައެވެ.

ރައްޔިތުން މަޖިލީހުން މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ މަސްދޯނިތަކަށް އިންޑިއާ ސިފައިން އެތި ސަބަބު އެ ވުޒާރާއަށް އަދި ނޭގޭކަމަށެވެ. އެކަމާއި ގުޅޭ ގޮތުން އެކްނަ ސާފުކޮށް ހިއްސާކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.  

"އަޅުގަނޑާ ހިސާބުގައި ސީދާ ތިޔަ ސުވާލުގެ ޖަވާބު ނެތް. އަޅުގަނޑު އިރާދަކުރެއްވިއްޔާ ސާފުކޮށްލާނަން އެއީ ކީއްވެ ހިނގައިދިޔަ ކަމެއްތޯ، ގުޅުން ހުރި ވުޒާރާތަކުން ސާފުކޮށްލާފައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ހިއްސާކުރާނެ ވާހަކަ ދަންނަވަން،" ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ތެރޭ މަސްވެރިކަން ކުރަމުންދިޔަ ދިވެހި ތިން ދޯންޏަކަށް  އިންޑިއާގެ ކޯސްޓް ގާޑުން އެރީ  ސަރުކާރަށް އެންގުމެއްނެތި، ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ކަމަށްވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގެ ތިން މަސްދޯންޏަށް އިންޑިއާ ސިފައިން އެރި މިމަހުގެ ކުރީކޮޅޫއެވެ. އެ ވީޑިއޯތައް މަސްވެރިންގެ ޔޫނިއަނުން އާންމުވެސްކުރިއެވެ. އެ ވީޑިއޯއިން އިންޑިއާގެ މަނަވަރެއް ފެންނައިރު އެއީ "އަރިޔަމަން" ނަމަކަށް ކިޔާ، އިންޑިއާގެ ކޯސްޓްގާޑުގެ މަނަވަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް