ޑީއެންއާރުން މިހާތަނަށް އައިޑީ ކާޑު ދޫކުރަމުން އައީ ކާޑުގެ ވެރިފަރާތައް އެކަންޏެވެ. އެ އިދާރާއިން ބުނީ ކާޑު ދޫކުރާ އުސޫލަށް ބަދަލު ގެނައީ އާއްމުންނަށް ވީހާވެސް ފަސޭހަކޮށްދިނުމުގެ ގޮތުންކަމަށެވެ.
މި ބަދަލާއި އެކު އަންނަ އާދިއްތަ ދުވަހުން ފެށިގެން އައިޑީ ކާޑުގެ ވެރިފަރާތުގެ ސިޓީއެއް ގެނައުމުން ސިޓީގައި ބުނެފައިވާ ފަރާތައް ކާޑު ދޫކުރަމުން ގެންދާނެކަމަށް ޑީއެންއާރުން ބުނެއެވެ.
އެހެންނަމަވެސް މި ބަދަލާއެކު ކާޑު ދޫކުރުމަށްފަހު ކާޑުގެ ވެރި ފަރާތުން އެ ނުލިގެން ޝަކުވާއެއް ހުށައަޅައިފިނަ އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތައް ހުށައަޅާނެކަމަށްވެސް ޑީއެންއާރުން ބުނެއެވެ.