މިދިޔަ މަހުގެ 30 ވަނަ ދުވަހު ޕެނަޑޯލް ކެއުން އެމްއެފްޑީއޭއިން މަނާ ކުރީ ރާއްޖެ އެތެެރެކޮށް ވިއްކައި ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ބެލުމަށްޓަކައި ރޭންޑަމް ސާމްޕަލް ނަގައި ބޭހުގެ ކޮލިޓީޓިވް އަދި ކުއަންޓޭޓިވް ޓެސްޓުތައް ކުރަމުން އަންނާތީއެވެ.
އެމްއެފްޑީއޭއިން ބުނީ އެ އޮތޯރިޓީން ކުރި ޓެސްޓްތަކުގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށާއި އެ ޓެސްޓްތަކުން ދައްކާގޮތުގައި ޕެނަޑޯލް ބްރޭންޑްގައި ހުންނަން ޖެހޭ މިންވަރަށް ބޭހުގެ ސްޓްރެންޓް ހުރި ކަމަށް ވަނީ ޔަގީން ވެފައި ކަމަށެވެ.
އެ ބޭހުގެ ކޮލެޓީ މައްސަލައެއް ފާހަގަ ކުރެވިފައި ވަނީ ބޭސް އުފުލާ ގެންގުޅުމާއި ގުދަން ކުރުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ހިފެހެއްޓިފައި ނުވުމުގެ ސަބަބުން ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެހެންވެ މައްސަލަ ޖެހުނު ޕެނަޑޯލްގެ ސްޓޮކް މިހާރު މާކެޓްގައި ނެތް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެހެންކަމުން މިއަދުން ފެށިގެން އެ ބޭސް ވިއްކުމާއި ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެ އޮތޯރިޓީން ވަނީ މިފަދަ މައްސަލައެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ބޭސް އުފުލުމާއި ގުދަން ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.