ads
"ޟަމީރު ދެއްވަނީ މުސާރައިގެ ފަރަގު ނައްތާލަން ވަކާލާތު ކުރާނެކަމުގެ ޔަގީންކަން"
އެއް ސެޓްފިކެޓެއް އޮވެ އެއް ކަހަލަ މަސައްކަތެއް ކުރާ އެއް ފަންތީގެ މަގާމުތަކުގައި ތިބޭ މީހުންގެ މެދުގައި މުސާރައިގެ ފަރަގު ނައްތާލައި، ތަފާތު ކުރުމެއް ނެތި އެއް ހަމައަކުން އެއް މުސާރައެއް ހޯދުމަށް މަޖިލީހުގައި ވަކާލާތު ކުރައްވާނެކަމުގެ ޔަގީންކަން މައްޗަށްގޮޅި މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަ ކުރައްވާ އަހްމަދު ޟަމީރު ދެއްވައިފި އެވެ.
Advertisement

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެންޑިޑޭޓުންގެ މެދުގައި މިހާރު ބާއްވަމުން އަންނަ ބަހުސްގައި އިއްޔެ ވާހަކަ ދައްކަވަމުން މައްޗަށްގޮޅި މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަ ކުރައްވާ އަހްމަދު ޟަމީރު ވިދާޅުވީ ސިވިލް ސާވަންޓުންގެ އާންމު މީހެއްގެ މުސާރައަކީ ހަތްހާސް ރުފިޔާ ކަމަށާއި ނަމަވެސް އެއް ސެޓްފިކެޓެއް އޮވެ އެއް މަސައްކަތެއް ކުރާ ދައުލަތުގެ ބައެއް ތަންތަނުގެ މުސާރަ ދެ ގުނަ ބޮޑު ކަމަށެވެ.

" ސިވިލް ސާވަންޓުންނަކީ ގިނަ އަދަދެއް. ސިވިލް ސާވަންޓުގެ އާންމު މީހެއްގެ މުސާރައަކީ ހަތްހާސް ރުފިޔާ. ނަމަވެސް މިނިވަން މުއައްސަސާތަކާއި ކުންފުނިތަކުގެ މުސާރަ ދެ ގުނަ ޖައްސާފައި އެކަމަކު އެއް ސެޓްފިކެޓެއް އެއް މަސައްކަތެއް ކުރަނީ އެކަމަކު މިނިވަން މުއައްސަސާވީމާ ކުންފުނިވީމާ މުސާރަ މާ ބޮޑު. މިއީ އިންސާފެއް ނޫން،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ މެމްބަރުން އަމިއްލައަށް ކަނޑައެޅުމާ މެދު ފެންނަ ގޮތެއްގެ ވާހަކަ ދައްކަވަމުން ޟަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އޭނާ ހޮއްވަވައިދެއްވައިފިނަމަ އެއް ސެޓްފިކެޓެއް އެއް ފަންތިއެއް އެއް ގިންތިއެއްގެ ބަޔަކަށް ހަމަހަމަކަމާއެކު އެއް މުސާރައެއް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

" އަޅުގަނޑު ހޮއްވަވައިދެއްވައިފިނަމަ އެއް ސެޓްފިކެޓެއް އެއް ފަންތިއެއް އެއް ގިންތިއެއްގެ ބަޔަކަށް ހަމަހަމަކަމާއެކު އެއް މުސާރައެއް ލިބޭނެ ގޮތަކަށް، އެއީ ސިވިލްސާވަންޓެއް ވިޔަސް ކުންފުނި ވިޔަސް ލިބޭނެ ގޮތަކަށް ބިލް ފަރުވާކޮށް ހުށަހަޅާނަން. ތިޔަ ބޭފުޅުންގެ ހައްގުގައި ވަކާލާތު ކުރާނަން. ތިޔަ ބޭފުޅުންގެ ހިޔާލާއެއްކޮށް،" ޟަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލިސް މެމްބަރުންގެ މުސާރަ އަމިއްލައަށް ކަނޑައެޅުމަށް އެއްވެސް ކެންޑިޑޭޓަކު ވެސް އަދި ރައްޔިތަކު ވެސް ގަބޫލު ނުވާނެކަމަށާއި އެހެންކަމުން މެމްބަރުންގެ މުސާރަ އަމިއްލައަށް ކަނޑައަޅާ އުސޫލު ބަދަލު ކުރަން ޖެހޭކަމަށެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް