ads
މުފާ ފޯމް ހުށަހަޅުއްވަނީ - ފޮޓޯ މިހާރު ނޫސް
އެންމެ ފަހުން މުފާވެސް އެފްއޭއެމުން އިސްތިއުފާ ދީފި
އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން އެންމެ ފަހުން އީގަލްސްގެ މުފާވިޒު ހާޝިމު (މުފާ) ވެސް އިސްތިއުފާ ދީފިއެވެ.

އެފްއޭއެމްގެ އެކްސްކޯއިން މުފާ އިސްތިއުފާ ދިންކަން އޭނާވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. މުފާއާ ހަވާލާދީ ރިޕޯޓްތައް ބުނަނީ އޭނާ އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމެވެ. 

މުފާ އިސްތިއުފާ ދިނުމާއެކު އެފްއޭއެމްގެ އެކްސްކޯގެ ކޯރަމް މިވަނީ ގެއްލިފައެވެ. އަދި އެއާއެކު އެކްސްކޯ ރޫޅިގެންދާނީ، އެކްސްކޯ ބައްދަލުވުމެއް ބާއްވަން ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވާނެތީއެވެ. އެހެންކަމުން އެކްސްކޯއަށް އެއްވެސް ކަމެއް ދެނެއް ނުއެއް ނިންމޭނެއެވެ. 

މުފާ އެފްއޭއެމުން އިސްތިއުފާ ދިންއިރު، ދެން އަލުން ގޮވާލާ އިންތިހާބުގައި ވާދަކޮށްފާނެ ކަމުގެ އިޝާރާތެއް ބައްސާމްވަނީ ދީފައެވެ. މުފާއަކީ އެންމެ ފަހުން އިއުލާންކޮށް އަދި ފަހުން ކެންސަލް ކުރަން ޖެހުނު އިންތިހާބުގައި ވާދަކުރި ކެންޑީޑޭޓެކެވެ. އަދި އެ އިންތިހާބު ކެންސަލް ކުރިއިރު، ކެންޑީޑޭސީ ބަލައިގަނެފައިވާ ހަމަ އެކަނި ކެންޑިޑޭޓަކީވެސް މުފާއެވެ. 

ދެން އޮންނަ އިންތިހާބުގައި ވާދަކުރާނެ ކަމާމެދު މުފާ އަދި ގޮތެއް ނުނިންމާކަމަށްވަޏީ މައުލޫމާތު ލިބިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް