ads
މައުލޫމާތު ދޭން ދެކޮޅު ހަދައި އެމްޑީޕީން ހައިކޯޓަށް
އެމްޑީޕީ، އަދާލާތު އަދި ސަން ސިޔާމް ޕާޓީން ހެދި ކޯލިޝަންގެ މައުލޫމާތު ދޭން ދެކޮޅު ހަދައި އެމްޑީޕީން މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރާ ދެކޮޅަށް އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މި މައްސަލައަކީ، މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަހަރު އާންމު ފަރުދަކު، ރިޔާސީ އިންތިހާބުގެ ތެރެއިން އެ ޕާޓީން އެމްޑީއޭއާއި އަދާލަތު ޕާޓީއާއެކު ހެދި ކޯލިޝަންގެ އެއްބަސްވުމެއްވާ ނަމަ އެ އެއްބަސްވުމެއްގެ މައުލޫމާތު ހޯދުމަށް އެދުނު މައްސަލައެވެ. މި މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރު އެމްޑީޕީއަށް އެންގި އެވެ.

އަމިއްލަ ފަރުދަކު، މިކަމާ ގުޅިގެން އެމްޑީޕީން ކޯލިޝަން ހެދުމަށް ޕާޓީތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި އެއްވެސް އުސޫލެއް އޮތްނަމަ އެ އުސޫލެއްގެ މައުލޫމާތު ދިނުމަށް ވެސް އެދިފައިވެ އެވެ. ގާނޫނުގައި މައުލޫމާތު ދިނުމަށް އޮންނަ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ނުދިނުމުން، އިންފޮމޭޝަން ކޮމިޝަނަރު މައްސަލަ ބެލުމަށް ފަހު އޮކްޓޯބަރު 2023، ގައި އެމްޑީޕީއަށް އަންގާފައިވަނީ އެ މައުލޫމާތުތައް ދިނުމަށެވެ. އެ މައުލޫމާތު ދޭން އިންކާރުކޮށް އެ ހިސާބުން އެމްޑީޕީން މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.

ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ފެބްރުއަރީ 14، ގައި އެ ޕާޓީން ވަނީ ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފުކޮށްފަ އެވެ. އިސްތިއުނާފުގެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ގޮތެއް ނުނިންމާ ކަން ރަޖިސްޓްރީން ދައްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް