ads
ރައީސް ޑރ. މުހައްމަދު މުއިއްޒު، ހއ. ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ މަޝްރޫއުތަކަށް މަޖިލީހުން ހުރަސްއަޅާ ކަމަށް ރައީސް ތުހުމަތު ކުރައްވައިފި
ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ރައްޔިތުންގެ މަޖިލީހުން ހުރަސްއަޅައި އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވަމުން ދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތުހުމަތުކުރައްވައިފި އެވެ.
Advertisement

ރައީސް މި ގޮތަށް ވިދާޅުވީ ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅަކަށް އެ މަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހއ. ހޯރަފުށްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުން ކަމަށާއި, ހުރަސްތަކެއް ކުރިމަތނުވެ ބާރު ސްޕީޑުގައި މަޝްރޫއުތައް ހިންގުމަށް ރައްޔިތުންގެ މަޖިލީސް ތެރެއިން ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާ ކަމަށެވެ. އެއާ އެކު އެމަނިކުފާނު ވިދާޅުވީ ދުސްތޫރީ ނިޒާމުން ރާއްޖޭގެ ގާނޫނުއަސާސީ ބައްޓަންވެފައި އޮތް ގޮތުން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން ސަރުކާރުން ބޭނުންވާ މަޝްރޫއުތަކަށް މަޖިލީހަށް ހުރަސް އެޅޭނެ ކަމަށެވެ.

"ސަރުކާރަކުން ކިތަންމެ ބޮޑު މަޝްރޫއެއް ހިންގަން ބޭނުންވިޔަސް, ގާނޫނެއް ހަދައިގެން ވިޔަސް, ގާނޫނަކަށް ބަދަލެއް ގެނެސްގެން ވިޔަސް އަދި އެނޫން ގޮތަކުން ވިޔަސް ރައްޔިތުންގެ މަޖިލީހަސް ހުއްޓުވޭނެ. އަދި ބަދަލުތައް ވެސް ގެނެވޭނެ. ހުރަސްތައް ވެސް ކުރިމަތި ކުރެވޭނެ" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރަކުން ކިތަންމެ ބޮޑު މަޝްރޫއެއް ހިންގަން ބޭނުންވިޔަސް ޤާނޫނެއް ހަދައިގެންވިޔަސް، ޤާނޫނަށް ބަދަލެއް ގެނެސްގެންވިޔަސް އަދި އެނޫންވެސް ގޮތަކުންވިޔަސް ރައްޔިތުންގެ މަޖިލީހަށް މަޝްރޫއުތައް ހުއްޓުވޭނެ ކަމަށާއި އަދި ބަދަލުވެސް ގެނެވޭނެ ކަމަށާއި ހުރަސްތައްވެސް ކުރިމަތިކުރެވޭނެ ކަމަށެވެ. މީގެކުރިންވެސް އެކަން އެގޮތަށް ހިނގާފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މިސަރުކާރުގެ ތިން މަސްތެރޭގައިވެސް އެކަން ހިނގާފައިވަނީ އެގޮތަށް ކަމަށެވެ.

"މިދިޔަ ތިން މަސް ތެރޭގައިވެސް ފެނިވަޑައިގަންނަވާނެ، އަޅުގަނޑު ވެފައިހުރި ވައުދުތައް ފުއްދުމަށް ޕްލޭނެއް ހަދައިގެން 14 ހަފްތާއަށް ކަނޑައެޅި ޕްލޭންގެ ތެރެއިންވެސް، ހަމަ ކުރަމުން ދަނިކޮށް އެއްވެސް އަސާސެއް ނެތި އެތައް ހުރަސްތަކެއް ސަރުކާރު ހިންގުމަށް ކުރިމަތި ކުރަމުން ދާތަން. އެހެންމަ އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރު ދުސްތޫރުގަ ކަނޑައެޅިފައި އޮތީމަ އޮތް ގޮތް." ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހޮވާ ބޭފުޅުންނަކީ ރައްޔިތުންގެ ހައްގުގައި ސަރުކާރުން ހިންގާ މުހިންމު މަޝްރޫއުތަކަށް އެހީތެރިކަން ދޭ އަދި މަގުފަހިކޮށްދޭ ބަޔަކަށް ހެދުމަކީ ގައުމީ ވިސްނުމެއްގައި ވިޔަސް، ތަރައްގީގެ ވިސްނުމެއްގައި ވިޔަސް، ފަރުދީ ވިސްނުމެއްގައި ވިޔަސް އަދި ރަށު ފެންވަރުގެ ވިސްނުމެއްގައި ވިޔަސް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އެގޮތަށް ވިދާޅުވީ އަންނަ މަހު 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުމަށް އިޝާރާތްކުރައްވަ އެވެ. އުތުރުގެ ހަތަރަ އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވިދާޅުވީ, އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދޭ މީހުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރަން ރައްޔިތުންގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް