ads
މިއަދުގެ އިންތިހާބުން މޮޅުވި ޕީއެންސީގެ ކެންޑިޑޭޓް މާޔާ
މާޅޮހު ކައުންސިލް ގޮނޑި ޕީއެންސީއަށް
އއ. މާޅޮހު ކައުންސިލް ބައި-އިލެކްޝަން ސަރުކާރުގެ ކެންޑިޑޭޓް މާޔާ ކާމިޔާބު ކުރައްވަައިފި އެވެ.

މިއަދު އޮތް ބައި އިލެކްޝަން ގައި ވާދަކޮށްފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު މާޔާ އާއި އެމްޑީޕީގެ ކެންޑިޑޭޓް އަޒީނާ އާދަމް އެވެ. 

އެގޮތުން ޕީއެންސީ ކެންޑިޑޭޓް މާޔާއަށް 267 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަޒީނާއަށް ލިބިވަޑައިގެންެވީ 164 ވޯޓެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 446 މީހަކު ވޯޓުލާފައިވާއިރު، 15 ވޯޓެއް ބާތިލް ވެފައި ވެއެވެ.

މި ބައި އިލެކްޝަންގައި 558 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. މި ނަތީޖާއާ އެކު ޕީޕީއެމް / ޕީއެންސީ އަށް މި ލިބުނީ ބޮޑު ކާމިޔާބީ އެކެވެ. މާޅޮހަކީ އަބަދުވެސް އެމްޑީޕީގެ ތާއީދު ވަރަށް ބޮޑު ރަށެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް