ads
ދިދަ މިނިވަންކަމާއެކު ވިހުރި ހުންނާނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް ލިބިގެން
ދިވެހި ޤައުމީ ދިދަ މިނިވަންކަންމަތީ ވިހުރި ހުންނާނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ސުޕަ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. ވަށަފަރަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މިނިވަންކަން އޮތީ ގެއްލިފައި ކަމަށެވެ.


ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މިނިވަންކަން އޮތީ ގެއްލިފައި ކަމަށެވެ. އެ މިނިވަންކަން ކަށަވަރުކޮށްދެއްވުމަށް ރައީސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މިނިވަންކަން ކަށަވަރު ނުވެ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ނުހިންގޭނެކަމަށް ވިދާޅުވި އެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ދިދައަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަފުޅު ފާހަގަކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ މިނިވަންކަން ކަށަވަރު ކުރުމަށް އެމަނިކުފާނު ފަށްޓަވާފައިވާ ދަތުރުފުޅަށް ފަޅުވެރިން ބޭނުންވާ ކަމަށެވެ.

އެގޮތުން، ރާއްޖޭގެ މިނިވަންކަމާއި ޤައުމިއްޔަތަށް ލޮޅުންއަރާ ކޮންމެ ފަހަރަކު ބޮޑުތިލަދުންމަތީ ރައްޔިތުން ޤައުމު ސަލާމަތްކޮށްދޭކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައިވެސް ބޮޑުތިލަދުންމަތީގެ 5 ގޮނޑި ސަރުކާރަށް ކާމިޔާބުކޮށްދިނުމަށް އޭނާ ގޮވާލެއްވި އެވެ.

"އަޅުގަނޑުމެން އެބަޖެހޭ މި އޮޑިއަށް، ހިތްވަރު ހުރި، ފަންވަރު ހުރި، އިހުލާސްތެރި މުރާލި ފަޅުވެރިންތަކެއް ހޯދަން. އެ ފަޅުވެރިން ހޯދުމުގެ މަސައްކަތް މިހާރު މިއޮތީ ކުޑަތަންވެފައި. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ދިވެހިރާއްޖޭގެ ދިދަ މިނިވަންކަމާއެކީގައި ވިހުރުމަށް ކޮންމެހެން މުހިންމު ކަމެއް. އެ ދިދަ ފެއްސާއި ރަތާއި ހުދުން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމުގައި ފަޚުރުވެރިކަމާއެކީގައި ވިހުރެމުންދާނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ އަށް ލިބިގެން،" އަބްދުއްރަހީމް ވިދާޅުވި އެވެ.


މަޖިލިސް އިންތިހާބަށް މިހާރު ކުޑަތަންވެފައިވާއިރު އެ އިންތިޚާބު ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރުމަކީ ޤައުމީ ކަމެއްގެ ގޮތުގައި އަބްދުއްރަހީމް ސިފަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް