ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ ބާ ކައުންސިލުގެ ރައީސްގެ މަގާމުގެ އިންތިހާބު، އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަގާމަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ މަހުއެވެ.
ބާ ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލިއިރު، ބާ ކައުންސިލުގެ ރައީސްގެ މަޤާމަށް ވާދަކުރާ ކެންޑިޑޭޓުންނަކީ މަޝްހޫރު ގާނޫނީ ވަކީލް ހުސައިން ސިރާޖް އަދި މުހައްމަދު ފައިސަލްއެވެ.
ބާ ކައުންސިލްގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާޢީލް ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވުމާއި ގުޅިގެންނެވެ.