މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ދެކުނުގެ 56 ދޯނިން 56 ފަޅުވެރިއަކު ވަނީ ރެސްކިއު ޑައިވް ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ.
މިރަށްތަކުން ކޯސް ފުރިހަމަކޮށްފައިވާ ޑައިވަރުންގެ އަދަދު:
ގދ. މަޑަވެލި 08
ގއ. ކޮލަމާފުށި 05
ގއ. ވިލިނގިލި 14
ގއ. ދެއްވަދޫ 07
ގއ. ނިލަންދޫ 04
ގއ. ދާންދޫ 07
ސ. މަރަދޫ 11
ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވާ ފެންވަރަށް ތަމްރީނު ކުރުމަށް އެ މިނިސްޓްރީން އަންނަނީ ޕްރޮގްރާމެއް ހިންގަމުންނެވެ.