ads
ސަރުުކާރުން ދަނީ އިންތިހާބާއި ދިމާކޮށް ވަޒީފާ ބަހަމުން: އީސަ
ސަރުުކާރުން ދަނީ އިންތިހާބާއި ދިމާކޮށް ވަޒީފާ ބަހަމުންކަމަށް އެމްޑީޕީން މަޖިލީސް އިންތިހާބަށް ކަނޑައަޅުވާފައިވާ ސްޕޯކްޕާރްޝަން އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ
Advertisement

މިއަދު އެމްޑީޕީން މަޖިލީސް އިންތިހާބާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ މި ސަރުކާރުން ކުރިޔަށް އޮތް މަޖިލީސް އިންތިހާބައި ގުޅިގެން ވަޒީފާއާއި ފައިސާ ބަހަމުންދާ ކަމަށާއި މިއީ އެއްވެސް ވަރަކަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

ކެންޑިޑޭޓުން ކެމްޕޭނަށް ރަށްތަކަށް ދިއުމުން ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މުވައްޒިފުން ގަދަކަމުން އެ ކެންޑިޑޭޓުންނާއި ސަލާމް ކުރަން ބަނދަރު ސަރަހައްދަށް ނެރުމުންދާ ކަމަށާއި އެކަންކަމާއި ގުޅިގެން އިންޒާރުދީ ފޮނުވާފައިވާ ހުރި މެސެޖުތަކެއް އީސަ އަށް ލިބިފައި އެބަހުރި ކަމަށް އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވި ގޮތުގައި މި ސަރުކާރުން މިހާރުވެސް މަޖިލީހަށް ގޮންޖަހާ އެތަށް ކަމެއް ކޮށްފައިވާ ކަމަށެވެ. 

އޭގެ ތެރޭގައި މަޖީލީހުން ފާސް ކުރާ ބިލްތައް ގާނޫނުތަކަށް ވިޔަ ނުދީ ހިފަހައްޓާފައިވުމާއި، މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ހިފައިގެން މި ސަރުކާރުން ކޯޓަށް ދިޔުމާއި، މަޖިލީހުން ރުހިން ނުދޭ ވަޒީރުން އަނެއްކާވެސް ހަމަ އެ މަގާމުތަކަށް އައްޔަނު ކުރުވުމުގެ އިތުރުން އިންތިހާބާއި ގުޅުވައިގެން އެ ސަރުކާރުގެ ވުޒާރާތަކުގައި ތިބި މުވައްޒިފުންނައް ބިރުދައްކަމުންދާ ކަމަށް އީސަ ވިދާޅުވި އެވެ.

މީގެ އިތުރުން އެ ބޭފުޅުންގެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުން އަންނަކަމަށާއި ސަރުކާރުގެ ކުންފުނި ތަކުގެ ވެބްސައިޓް އަދި ޝޯސަލް މީޑިޔާ ގައި ޕާޓީގެ ކެންޑިޑޭޓުން ޕްރޮމޯޓް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ސަރުކާރުން މިކުރަމުން އަންނަ ކަންކަމަކީ މި ވޭތަ ވެދިޔަ ތަނުގައި އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާ ފަދަ ދަށު ދަރަޖާއިގެ ކަންކަން. މި ސަރުކާރުން ދަނީ ސަރުކާރުގެ ވަސީލަތްތައް އަދި މުވައްޒިފުން ބޭނުންކޮށްގެން ސަރުކާރުގެ ކެންޑިޑޭޓުން ޕްރޮމޯޓުކުރަން ފަށާފައި. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން" އީސަ ވިދާޅުވި އެވެ.

ރައްޔިތުންގެ ހައްގުތަކަށް ކުޑަވެސް ލޮޅުމެއް އަރާ ކޮންމެ ފަހަރަކު އެމްޑީޕީން ރައްޔިތުންގެ ހިމާޔަތުގައި އެންމެ ފުރަތަމަ ނިކުންނާނެ ކަމަށާއި މި ފަހަރުވެސް ނިކުމު ތިބީ ސަރުކާރުން ހަމަ މަގަށް އަޅުވާ ރައްޔިތުންނައް ގެއްލިފައިވާ ހައްގުތައް އަލުން އަނބުރާ ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އަންނަ މަހު 17 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހު ބޭއްވުން މަނާ ކުރާ ބިލެއް ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު އަދި ތަސްދީގެއް ނުކުރައްވަ އެވެ.

މަޖިލިސް އިންތިހާބު ރޯދަ މަހާ ދިމާވާތީ، ރޯދަ މަހުގެ 10 ދުވަސް ފަހުން އެ އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12، ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް