ads
މަންތާގެ ފުރަތަމަ ބައިނަލް އަގްވާމީ ދަތުރަށްފަހު ދާލު އެއާޕޯޓަށް ޖައްސަނީ
ދާލު އެއާޕޯޓުން ބެންގަލޫރަށް، ދެކޮޅަށް 350 ޑޮލަރު
މަންތާ އެއާއިން ދާލު އެޢާޕޯޓުން ބެންގަލޫރަށް ކުރާ ދަތުރުތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދ. ކުޑަހުވަދޫ އެއާޕޯޓުން، އިންޑިއާއަށް ސީދާ ދަތުރުތައް މަންތާއިން ފަށާ ތާރީހުގެ ތެރެއަށް ދާލު އެއާޕޯޓާއި މަންތާ އެއާ ވަނީ މިމަހުގެ 16 ވަނަދުވަހުއެވެ.

ރާއްޖޭގެ އެންމެ ހަގު އެއާލައިން، މަންތާ އެޢާގެ ފުރަތަމަ ބައިނަލް އަގްވާމީ ދަތުރު އަޅާފައިވަނީ ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓަނޭޝަނަލް އެއާޕޯޓުން ކުޑަހުވަދޫ އެއާޕޯޓަށެވެ. 

މަންތާ އެއާއިން ބުނީ އަންނަމަހުގެ 1 ވަނަދުވަހުން ފެށިގެން 15 ގެ ބެންގަލޫރަށް ހާއްސަ ޕްްރޮމޯޝަނެއް ފަށާފައިވާކަމަށެވެ. އެގޮރުން އެ މުއްދަތުގެ ތެރޭގައި ބެންގަލޫރަށް ދަތުރުގެ ޓިކެޓްގެ އަގަކީ ދެކޮޅަށް 350 ޑޮލަރުކަމަށެވެ. އަދި ހަފްތާގެ ހުކުރު، އާދިއްތަ، އަންގާރަ ދުވަހު ދާލު އެއާޕޯޓުން ބެންގަލޫރަށް ދަތުރުތައް އޮންނާނެކަމަށްވެސް މަންތާ އެއާއިން ބުނެއެވެ. 

your imageމަންތާގެ ފުރަތަމަ އިންޓަނޭޝަނަލް ފްލައިޓްގެ ދަރުރުގެ ތެރެއިން ބޯޓްގެ ކޮކްޕިޓް

މަންތާގެ ބެންގަލޫރު ދަތުރާއި އެކު އިންޑިއާއިން އަންނަ ފަތުރުވެރިން ޑޮމެސްޓިކް ފްލައިޓުތަކަށް މަޑުކޮށްގެން ތިބެން ޖެހޭ ޖެހުން ނިމުމަކަށް އަންނާނެކަމަށް އެ ކުންފުނިން ބުނެއެވެ. ދ އަތޮޅަކީވެސް ގިނަ ރިސޯޓްތަކެއް އޮންނަ އަތޮޅެކެވެ. އެ އަތޮޅުގައި ހިންގާ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ކަނޑިންމަ މޯލްޑިވްސް، ނިޔާމަ ޕްރައިވެޓް އައިލެންޑް، ސެއިންޓް ރެޖިސް މޯލްޑިވްސް، ރިއު، ބަގްލިއޯނީ، އަންގްސާނާ ވެލާވަރާގެ އިތުރުން ސަން ސިޔާމް އިރު ވެލި އަދި ވިލުރީފް ރިސޯޓް ހިމެނެއެވެ. 

ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށް ފެށި މަންތާ އެއާގެ އުދުހެން ފެށީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް