ads
ތިލަދުންމައްޗަށް ޓްއަރިޒަމް ގެންނަނީ އަޅުގަނޑުމެން: ރައީސް
ތިލަދުންމައްޗަށް ޓްއަރިޒަމް ގެނައުމަށް ފޯޑިއަމްތަކުގައި ދައްކާ ވާހަކައެެއްގެ ގޮތުގައި އޮތް އޮތުމަށް ނިންމުން ގެންނާނީ މިސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖޭގެ އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށީ ރައްޔިތުންނާއި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޓްއަރިޒަމް މާކެޓިން ޕްލޭންގައި އެންމެ އިސްކަން ދެނީ ބޮޑު ތިލަދުންމައްޗަށްކަމަށެވެ. އެގޮތުން އެ ސަރަހައްދަށް އިތުރު ރިސޯތްތައް ގެންނަން އިންވެސްޓަރުން ގެނައުމަށް މިހާރު ކުރަމުން އަންނަ މަސައްކަތަކީ އިގްތިސާދު ވަރަގަދަކޮށް އިގްތިސާދުގައި ބުންވަރު ޖެއްސުންކަމަށެވެ. 

" އެހެންވީމާ މި ހިނގާ މަސައްކަތުގެ ތެރެއިން އިރާދަކުރެެއްވިއްޔާމުން މި ސަރަހައްދުގައި ރިސޯޓްތައް ތަރައްޤީކުރާނަން. އެކަމުގެ ނަފާ ހަގީގީ މާނާގައި ލިބެން ފަށާނެ އަބަދު ފޯޑިއަމްތަކުގައި ދައްކާ ވާހަތަކެއްގެ ގޮތުގައި އޮތް އޮތުން އިރާދަކުރެއްވިޔާ އަޅުގަޑުމެން ނިމުމަކަށް ގެންނާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިލަދުންމައްޗަށް އެމަނިކުފާނު ވައުދުވި ގޮތަށް ކޭލަކުނަށް އީކޯ ޓްއަރިޒަމް ގެނައުމުގެ މަޝްރޫއުއަށްވެސް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. 

ރައީސް ވިދާޅުވީ ރާއްޖެ ތަރައްޤީކުރުމަށް ތައްޔާރުކުރަމުންދާ 20 އަހަރުގެ މާސްޓަރ ޕްލޭންގައި އުތުރު ތަރައްޤީ ޒޯން މައި ހަބަކީ ކުޅުދުށްފުށި ސިޓީކަމަށެވެ، އެހެންކަމުން ކުޅުދުއްފުށީގެ ތަރައްޤީއަށް ވަރަށް އިސްކަން ދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތުގެ ދަށުން އެންމެ އިސްކަން ދެއްވާ އެއްކަމަކީ ގެދޮރުވެރިކަންކަން ރައީސް ފާހަގަކުރެއްވިއެވެ.

" އަޅުގަނޑު ވައުދުވީ ކެމްޕެއިންގެ 2000 ހައުސިން ޔުނިޓް. އެ ބަޖެޓްގައި އެއޮތީ. ހިންގަމުންދާ މަޝްރޫއެއް އޮބައޮތް އަދި ސޮއިކޮށްފައި ނުފޭށޭ މަޝްރޫއެއް އެބައޮތް . މި ދެ މަޝްރޫއު ނުލާ 2000 ހައުސިން ޔުނިޓްގެ ވާހަކަ އަޅުގަނޑު ދެންނެވީ. އަޅުގަނޑުމެންގެ ވިސްނުމަކީ އެ ހުރިހާ މަޝްރޫއެއް މިއަހަރު ތެރޭގައި ކުރިޔަށް ގެންދިޔުން . އެ މަސައްކަތް ބަރާބަރަށް ކުރިޔަށްދާ ކަމަށް ވާނަމަ އެހަމަވަނީ 3400 ހައުސިން ޔުނިޓް." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ޕްލޭނާއި އެކު ކުޅުދުއްފުށިގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހަދާ ކުޅުދުއްފުށީގެ ޕޯޓްގެ ކެޕޭސިޓިވެސް އިތުރުކުރާނެކަމަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް