ads
މަންޓާގައި ކުޑަހުވަދޫން ބެންގަލޫރަށް، ދެކޮޅަށް 350 ޑޮލަރު
މަންޓާ އެއާ އިން ދ. ކުޑަހުވަދޫ އާއި އިންޑިއާގެ ބެންގަލޫރު ދެމެދު ފަށާ ދަތުރުގެ ދެކޮޅު ޓިކެޓްގެ އަގަކަށް 350 ޑޮލަރު ހަމަޖައްސައިފި އެވެ.

މަންޓާ އެއާ އިން ބުނީ ތިން ގަޑީރެއްހާއިރުގެ މި ދަތުރުތަކުގައި ފަސިންޖަރުންނަށް ހާއްސަ ފެއާއެއް އޮންނާނެ ކަމަށެވެ. މި ހާއްސަ ފެއާ ކުރިއަށްދާނީ އަންނަ މަހުގެ އެކަކުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ދަތުރުތަކަށް މަންޓާއިން މިހާރު ޓިކެޓް ވިއްކަން ފަށާފައިވާއިރު، ސޭލްސް އޭޖެންޓުން މެދުވެރިކޮށް މިހާރު ޓިކެޓް ނެގޭނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.

މަންޓާ އެއާ އިން ބައިނަލްއަގްވާމީ ދަތުރުތައް ފެށުމަށްޓަކައި ފުރަތަމަ ބޯޓު ރާއްޖެ ގެނައީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

ކުޑަހުވަދޫއާ ބެންގަލޫރާ ދެމެދު ފަށާ މި ދަތުރުތަކުގެ އަމާޒަކީ ދ. އަތޮޅު ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރުމެވެ. މަންޓާ އިން މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ކޮންމެ ހަފްތާ އަކު އާދިއްތަ، އަންގާރަ އަދި ހުކުރު ދުވަހު އެވެ.

އަވައްޓެރި އިންޑިއާއަށް ދަތުރުތައް ފެށުމަށްފަހު މަންޓާ އެއާ އިން ދަނީ ސްރީލަންކާއަށް ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މަންޓާ އިން ބެންގަލޫރަށް ފަށާ ދަތުރު ތަކަކީ ކުޑަހުވަދޫ އެއާޕޯޓުން ރާއްޖޭން ބޭރަށް ސީދާ ދަތުރުތައް ކުރާ ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް