ads
ވައުދާ އެއްގޮތަށް ފެލްޓްދީ، ނުހައްގުން ފްލެޓް ދިން ބަޔަކަށް އަވަހަށް ފިޔަވަޅު އަޅާ: ޟަމީރު
އެމްޑީޕީ ވެރިކަމުގެ ފަހު ދުވަސްކޮޅު ހަވާލުކުރި ފްލެޓްތަކުގެ މައްސަލާގައި ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާއެއްގޮތަށް ފްލެޓްތައް ދިނުމަށާއި އަދި ނުހައްގުން ފްލެޓްދިން މީހުންނާ މެދު ލަސްނުކޮށް ފިޔަވަޅު އެޅުމަށް މައްޗަގޮޅި މެދު ދާއިރާއަށް އަމިއްލަގޮތުން ވާދަ ކުރައްވާ އަހްމަދު ޟަމީރު ގޮވާލައްވައިފި އެވެ.
Advertisement

ރައީސް ވައުދުފުޅާއެއްގޮތަށް ފްލެޓްތައް ދިނުމަށް ގޮވާލައްވާ ޟަމީރު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ކެމްޕޭން ތެރޭގައި ވިދާޅުވި ގޮތަށް، ކުރީ ސަރުކާރުން ދީފަ އޮތް އެއްޗެއް އަތުނުލާ، ކެންސަލް ނުކޮށް، އެ ފަރާތަކަށް އެ އެއްޗެއް ލިބިދޭން ވާނެ ކަމަށާއި ރައީސްގެ ވައުދުފުޅާއެއްގޮތައް އެކަންކަން ހިނގާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު މިކަމަށް ޝައްކެއް ނުކުރަން. އަޅުގަނޑު ޑރ. މުއިއްޒުއާއެކު ދެ އަހަރަށްވުރެ ގިނަ ދުވަހު ކައުންސިލްގައި ކުރި މަސައްކަތުން އެނގުނު އެއްޗަކީ، ޑރ. މުއިއްޒުއަކީ އިންސާފާއި ހަމަހަމަކަން އިސްކުރައްވާ، ވިދާޅުވާ ބަސްފުޅުގައި އިތުބާރު ހުރި ބޭފުޅެއްކަން، ނިމިދިޔަ ސަރުކާރުގައި ތިބި ބައެއް ވެރިންގެ އަމިއްލަ މަސްލަހަތު އިސް ކުރުމުގެ ސަބަބުން ހައްގު ގެއްލިފައިވާ މީހުންގެ ހައްގު ހަމަހަމަކަމާއެކު ޑރ. މުއިއްޒުގެ މި ވެރިކަމުގައި ހޯދައި ދެއްވާނެކަން،" ޟަމީރު ވިދާޅުވި އެވެ.

ޟަމީރު ވިދާޅުވީ އޭސީސީގެ ތަހުގީގުން އެނގުނުގޮތުގައި ފްލެޓް ލިބުނު 60 އިންސައްތަ މީހުންނަކީ ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ ޝަރުތުހަމަނުވާ މީހުންކަމަށާއި އެހެންކަމުން ޝަރުތުހަމަނުވާ ބަޔަކަށް ފްލެޓް ދޭން އެމްޑީޕީ ސަރުކާރުގައި ނިންނި ބޭބޭފުޅުންނާ މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

"ޝަރުތުހަމަނުވާ ބަޔަކަށްފްލެޓް ދޭން ނިންމި ބަޔަކަށް ނުވަތަ އޭރު އެ މަސައްކަތް ކުރި ހައުސިން މިނިސްޓްރީގެ އެ މަސައްކަތް ހަވާލުވެގެން ކުރި އިސްވެރިންނާ މެދު ލަސްނުކޮށް ފިޔަވަޅު އަޅަންޖެހޭނެ. ޝަރުތު ހަމަނުވާ ބަޔަކަށް އެއްޗެއް ދޭން ނިންމި ނިންމުމަކީ ވަރަށް ބޮޑު ކްރޮޕްޝަނެއް. އެއީ ހުއްޓުވަންޖެހޭކަމެއް. އެކަން ހުއްޓުވޭނީ އެ ފަދަ އަމަލުތައް ހިންގާފައި ހުރި މީހުންނާ މެދު ފިޔަވަޅު އެޅިގެން،" ފްލެޓް މައްސަލާގައި އޭސީސީން ނިންމާފައިވާ ނިންމުމަށް އިޝާރާތް ކުރައްވާ ޟަމީރު ވިދާޅުވި އެވެ.

ޟަމީރަކީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ގިނަ ގުނަ މަސައްކަތެއް ކުރައްވާ ރައްޔިތުންގެ ހައްގުގައި ބަސް ވިދާޅުވެ ހަމަހަމަ ކަމާއެކު ކަންކަން ވާން ޖެހޭނެކަމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް