ads
އަނަސް
އަނަސްގެ މަރުގެ ޝަރީއަތާމެދު ސަރުކާރުގެ ކަންބޮޑުވުން
މީގެ ހަތް އަހަރު ކުރިން މާލޭގައި މަރާލި ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގާ ދިޔަ ގޮތާމެދު ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މީގެ ހަތް އަހަރު ކުރިން ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނިޔާވެރިކޮށް އަނަސް މަރާލި މައްސަލައިގެ ކުށް އެ މައްސަލައިގައި ދައުވާ ކުރި ހަތް މީހުންކުރެ އެކެއްގެ މައްޗަށްވެސް ސާބިތެއް ނުވިއެވެ. ދަށު ކޯޓުގެ އެ ހުކުމް އިސްތިއުނާފު ކުރުމުގެ ވިސްނުން އޮތް ކަމަށް ޕީޖީ އޮފީހުން އޮތީ ބުނެފައެވެ.

އަނަސްގެ މަރުގެ ޝަރީއަތާ މެދު ކަންބޮޑުވުން ފާޅުކޮށް ސަރުކާރުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އަނަސްގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަށް އަދަބު ނުލިބި ދިޔުމަކީ ކަމާބެހޭ ފަރާތްތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށެވެ.

އަނަސް މަރާލި މައްސަލައިގައިކުށް ސާބިތުނުވާ ކަމަށް ނިންމި މީހުން

1- ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާ

2-  އާއި ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް

3-  އާއި ތ. ކިނބިދޫ، ގުލްފާމުގެ، މުހައްމަދު ޝާޒް 

4- ލ. ގަން ތުނޑީ، ނަންނާރިގެ، ޖުނައިހު އަބްދުﷲ 

5- ޅ. ކުރެންދޫ އަސުރުމާގެ، އަހުމަދު ޒަޔާން

6-  ގ. ލޮނުމިދިލިގެ، އަފްރާހު އަބްދުއްރައްޒާގު 

7- މ. ދިމިޝްގު، އުސްމާން ޝަރީފް އެވެ.

ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ އަނަސްއަށް ހަމަލާ ދީފައިވަނީ އާންމުންގެ ތެރޭގައި ކަމަށާއި އެހާ ހާމަކަން ބޮޑުކޮށް މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުން ވެސް އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަށް އަދަބު ނުލިބި ދިޔުމަކީ ތަންފީޒީ އިދާރާތަކާއި އަދުލު އިންސާފު ގާއިމްކުރުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ކުޑަވާނެ ކަމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް