ads
ފާނަބަސަންދުން ރައްކާތެރިވާން އިލްތިމާސްކޮށްފި
ފާނަބަސަންދު ފެތުރޭތީ ރައްކާތެރިވުމަށް، ހެލްތު ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ޗިކެންޕޮކްސް - ފާނަބަސަންދުގެ ކޭސްތައް އިތުރުވެފައިވާ ކަމަށާއި މިކަމަށް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. މިގޮތުން އެޗްޕީއޭއިން ވަނީ މި ބަލިން ރައްކާތެރިވާނެ ގޮތް ހިއްސާކޮށްފަ އެވެ.

ފާނަބަސަންދުއަކީ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މި ބަލި އާންމުކޮށް ކުޑަކުދިންނަށް ޖެހުނު ނަމަވެސް ބޮޑެތި މީހުންނަށް ވެސް މި ބަލި ޖެހެއެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުން، ވަރުދެރަވުން، ނޭފަތުން ފެން އައުން އަދި ގައިގައި ހިމަ ބިހިތަކެއް ނެގުން ހިމެނެ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، ފާނަބަސަންދަކީ ގައިން ގަޔަށް އަރާ ބައްޔަކަށްވާއިރު ބަލިޖެހިފައިވާ މީހެއް ކެއްސާ، ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުން ވެސް މި ބަލި ފެތުރެއެވެ. ބިހި ނަގާފައި ހުރި މީހެއް ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ފަދަ ތަކެތި ބޭނުންކުރުމަކީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމެއް ކަމަށްވެސް އެ އެޖެންސީން ބުންޏެވެ. އަދި ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން މި ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ. 

ބަލި ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމަށާއި ޗިކެންޕޮކްސް ވެކްސިން ނުޖަހާނަމަ އެ ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. މި ވެކްސިން އާންމުކޮށް ފާމަސީތަކުގައި ލިބެން ހުންނާނެކަމަށް އެޗްޕީއޭއިން ވަނީ މައުލޫމާތު ދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް