މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށިން ކުއާޓާ ފައިނަލަށް ދަތުރުކުރީ 4-1 ގެ ނަތީޖާއިން ހއ. އުތީމު ބަލިކޮށްގެންނެވެ. މި މެޗުގައި ތިމަރަފުށީގެ އިބްރާހީމް ހަމްދާން ދެ ގޯލު ޖެހިއިރު, އިބްރާހީމް އަސްވަދު (ގަބޭ) އަދި އާދަމް ނާސިހް (އާދަންނަ) ވަނީ ގޯލެއް ޖަހާފަ އެވެ.
އުތީމުގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު އައިހަމް (ފަތޯ) އެވެ.
ކުއާޓާ ފައިނަލުގައި ތިމަރަފުށި ކުޅޭނީ އޭދަފުށްޓާ ދެކޮޅަށެވެ.