ads
ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުން މާދަމާ ރޭ
މާލެސިޓީ ކައުންސިލުން މާދަމާ ރޭ މާލޭގެ ރައްޔިތުންނާ ބައްދަލު ކުރަން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ 29 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި އެ ކައުންސިލުން މާލޭގެ ރައްޔިތުންނާއެކު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އަދި ލޮނުޒިޔާރަތް ޕާކުގައި އޮންނަ އެ ބައްދަލުވުމަށް މާލޭގެ ރައްޔިތުންނަށް ކައުންސިލުން ވަނީ ދައުވަތު ދީފައެވެ.

މިއީ މާލޭގެ މޭޔަރު އާދަމް އާޒިމް އެ މަގާމަށް އިންތިހާބު ވެވަޑައިގެންނެވި ފަހުން، ކައުންސިލުން މާލޭގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.

ވައުދުތައް ފުއްދުމުގައި ސަރުކާރާ ގުޅިގެން ކަންކަން ތަންފީޒު ކުރަން އިސްކަން ދެއްވާނޭ ކަމަށާއި، އެއްވެސް ކަމެއްގައި ސިޓީ ކައުންސިލަކީ ސަރުކާރަށް ދަތިކޮށް ޖެއްސުން ކުރާ އިދާރާއަކަށް ނުވާނެ ކަމަށް އާޒިމް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

އަދި މޭޔަރުގެ ފަރާތުން ސަރުކާރަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް އެއްވެސް ފަސޭހައެއް އަންނަ ކަމެއްގައި ޒައްރެއްގެ މިންވަރު ވެސް އުނދަގުލެއް ނުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް